ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 00:04
ދުޅަހެޔޮ ހަށިހެޔޮ އީދުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް
ދުޅަހެޔޮ ހަށިހެޔޮ އީދުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް
އަވަސް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
ހުރަހެއް ނެތި ރައްޔިތުން ރައީސްގެ އަރިހަށް

ހަތިޔާރާ އެކު ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފްގެ ފައުޖާ ނުލައި، އާންމުންގެ ތެރެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަން ފައްޓަވައިފިއެވެ.

ރައީސް ސޯލިހު ރައީސްގެ މަގާމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް އާންމުންނާ އެކު ބޭއްވި ބޮޑު ދެ ހަރަކާތަށް ވެސް ވަޑައިގެންނެވީ ހަތިޔާރު އެޅި ސިފައިންނާ ނުލައެވެ. އެގޮތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ބޭއްވި "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ހަރަކާތާއި ރައްޔިތުންނާ އެކު އާޓްފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖާފަތަށް ވެސް ރައީސް ސޯލިހު ވަޑައިގެންނެވީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ޓީމުގެ މައްޗަށް އުކުލަވާލާފައިވާ ސިފައިންނާ ނުލައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންގެ ޕްރެޒިޑެންޝަން ޕްރޮޓެކްޝަން ޑީޓެއިލް (ޕީޕީޑީ)އިންނެވެ. ޕީޕީޑީގައި ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރި ވަނީ ރާއްޖެއިން ބޭރުން ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކުޅަދާނަ، ހުށިޔާރު ސިފައިންނެވެ.

ހަތިޔާރު އެޅި ސިފައިންގެ ފައުޖާ ނުލައި، އާންމުންގެ ތެރެއަށް ސޯލިހު ވަޑައިގަންނަވަން ފައްޓަވާފައިވާއިރު، ނިމިދިޔަ ވެރިކަމުގައި ރައީސް ޔާމީން ވަޑައިގަންނަވާ ކޮންމެ ތަނަކަށް ކުރިއާލާ ހަތިޔާރާ އެކު ސިފައިން އެތަނެއްގައި ހަރަކާތްތެރިވެއެވެ. އަދި ޔާމީން ރަށަކަށް ވަޑައިގަންނަވާނަމަ ވާދަވެރި ފަރާތްތަކުގެ ކެމްޕެން ހަރަކާތަށް ހުރަސް އަޅައި، އިދިކޮޅު ސަޕޯޓަރުން ހައްޔަރުކޮށް ވެސް ހެދިއެވެ.

- ކޮމެންޓް