ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 23:04
ހުޅުމާލެ ހޮސްޕިޓަލް: އަގުބޮޑުކޮށް ތަކެތި ވަނީ ގެނެސްފައި
ހުޅުމާލެ ހޮސްޕިޓަލް: އަގުބޮޑުކޮށް ތަކެތި ވަނީ ގެނެސްފައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އޮޑިޓް ރިޕޯޓު
އެސްޓީއޯއިން އަގުހެޔޮކޮށް ގެންނަންބުނި ތަކެތި ހުޅުމާލެ ހޮސްޕިޓަލަށް އަގުބޮޑުކޮށް ގެނެސްފި
އަމިއްލަ ކުންފުންޏަށްވުރެ އަަވަހަށް އެސްޓީއޯއަށް ތަކެތި ގެނެވުނީސް

ހުޅުމާލޭ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓްތަކެއް އެސްޓީއޯއިން އަގުހެޔޮކޮށް ގެންނަން ހުށަހަޅާފައިވަނިކޮށް ހަމައެތަކެތި އަމިއްލަ ބަޔަކު ލައްވައި އަގު ބޮޑުކޮށް އެހޮސްޕިޓަލަށް ގެނެސްފިއެވެ.

އެކަން ހާމަވެފައިވަނީ 2016 އަދި 2017 ވަނަ އަހަރު ހުޅުމާލެ ހޮސްޕިޓަލަށް މުދަލާއި ޚިދުމަތް ހޯދުމުގައި، އާސަންދަ ކޮމްޕެނީއިން އަމަލުކޮށްފައިވާ ގޮތާގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓުންނެވެ.

އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޮޑިޓަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ހުޅުމާލެ ހޮސްޕިޓަލަށް 5.7 މިލއަން ރުފިޔާއަށް އެސްޓީއޯއިން ހޯދަން ބުނި އިކުއިޕްމެންޓް 6.2 މިލިއަން ރުފިޔާއަށް އަމިއްލަ ކުންފުންޏެއް ލައްވައި ގެނެސްފައިވާ ކަމަށެވެ.

އެއޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެތަކެތި ހޮސްޕިޓަލަށް އަގުބޮޑުކޮށް ގަނެފައިވަނީ އެސްޓީއޯއިން ތަކެތި ފޯރުކޮށްދެވޭ މުއްދަތު 9 ދުވަސް އިތުރުވާތީ ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ތަކެތި ގަން އަމިއްލަ ކުންފުނިން ކޯޓޭޝަން ހޯދާފައިވަނީ ގާތްގަނޑަކަށް އެސްޓީއޯއިން ކޯޓޭޝަން ހޯދިތާ 2 މަސް ފަހުން ކަމަށެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެސްޓީއޯއިން ކޯޓޭޝަން ހޯދި ތާރީޚްގައި އެސްޓީއޯ ލައްވާ ގެނައި ނަމަ އަމިއްލަ ކުންފުންޏަށްވުރެ އަވަހަށް ތަކެތި ގެނެވުނީހެވެ.

- ކޮމެންޓް