ކ. މާލެ
|
19 ނޮވެންބަރ 2018 | ހޯމަ 18:56
ހުކުރުދު ވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހިފައިވޭ
ހުކުރުދު ވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހިފައިވޭ
ހިންދުސްތާނީ ޓައިމްސް
ތޫފާން ގާޖާ
ތޫފާން ގާޖާގެ ސަބަބުން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި
ޓެމިލްނާޑޫގެ ސަރުކާރުން ވަނީ 500 ވަގުތީ ކޭމްޕް ގާއިމުކޮށްފައި

އިންޑިއާގެ ޓެމިލްނާޑޫގެ އަށް ޑިސްޓްރިކްޓަކަށް މިހާރު އަރާފައިވާ ތޫފާން  ގާޖާގެ ސަބަބުން 40 މީހުން މަރުވެ 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހުކުރު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން 48 ގަޑިއިރު ތެރޭ 175 މިލިމީޓަރުގެ ވާރޭވެހި 120 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހިފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ރިޕޯޓްކުރެއެވެ.

ތޫފާނުގެ ސަބަބުން ގެއްލުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ  މަސައްކަތުގައި ސިފައިންގެ އިތުރުން ސަރުކާރު މުވައްޒަފުންނާއި އާއްމުންގެ އެތައް ބަޔަކު ހަރަކާތްތެރިވަމުންދެއެވެ.

ވަގުތީ ގޮތުން ސްކޫލްތަކުގެ އިތުރުން ކޮލެޖްތައް ވެސް ބަންދުކޮށްފައި ވާއިރު ތޫފާނުގެ ސަބަބުން މަގުތަކަށް ވެއްޓިފައިވާ ގަސްތަކުގެ އިތުރުން ކަރަންޓު ވިއުގަ މަރާމާތު ކުރުމުގެ މަސައްކަތުގައި ޑިޒާސްޓާ މެނޭޖްމެންޓް އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ގިނަ ހިސާބުތަކުގައި ކަރަންޓްގެ ހިދުމަށް ކެނޑިފައިވާއިރު ކުރިޔަށް އޮތް 72 ގަޑިއިރު ތެރޭގައި ހިދުމަތް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އިލެކްޓްރިކް ޑިޕާޓްމެންޓް އިން ހަބަރުދެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓެމިލްނާޑޫގެ ސަރުކާރުން ވަނީ 500 ވަގުތީ ކޭމްޕް ގާއިމުކޮށްފަ އެވެ. ކާނާ އާއި އަންނައުނު ގެ އިތުރުން ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމުގައި ލަސްވަމުން ދާތިވެ ބައެއް ކޭމްޕްތަކުގައި ތިބި މީހުން ދަނީ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ނަމަވެސް މިވާހަކަތައް  ޓެމިލްނާޑުގެ ޗީފް މިނިސްޓަރް އެޑައްޕަޑި ޕަލަނިސުވަމީ ވަނީ ދޮގުކުރައްވާފައި އެވެ.

ގާޖާ ތޫފާނުގެ ސަބަބުން މަރުވެފައިވާ މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް ދޭން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޕަލަނިސްވާމީ ވަނީ ވިދާޅުވެފައި އެވެ. ހަމަ އެއާއިކު ބޮޑެތި ޒަހަމްތަށް ލިބިފައިވާ މީހުންގެ އާއިލާތަކަށް 25،000 ހާސް ރުޕީސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

މިދިޔަ އަހަރު ޓެމިލްނާޑުގެ އިތުރުން ކެރެލާ އަށް އެރި ސައިކްލޯން ކޮޗީގެ ސަބަބުން 250 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް