ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހްގެ ކެބިނެޓް އިއުލާން ކުރައްވައިފިއެވެ.
ބަންޑާރަ ނާއިބު ކަމަށް އައްޔަން ކުރެއްވި އިބްރާހިމް ރިއްފަތާ އެކު 20 ވަޒީރަކު ވަނީ ރައީސް ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރައްވާފައެވެ. ކެބިނެޓުގައި ހަތް އަންހެން ވަޒީރުން ހިމެނެއެވެ.
ކެބިނެޓަށް އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގައި ވަޒީރުކަން ކުރެއްވި ހަ ބޭފުޅަކު ހިމެނިވަޑައިގެންފިއެވެ.
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަލްފާޟިލް އަބްދުﷲ ޝާހިދު
- މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ
- މިނިސްޓަރ އޮފް ހޯމްއެފެއާޒް، ޝެއިޚް ޢިމްރާން ޢަބްދުﷲ
- މިނިސްޓަރ އޮފް ފިނޭންސް، އަލްފާޟިލް އިބްރާހިމް އަމީރު
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ، ޑޮކްޓަރ އިބްރާހިމް ޙަސަން
- މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ، އަލްފާޟިލް މުޙައްމަދު އަސްލަމް
- މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، އަލްފާޟިލް މުޙައްމަދު މަލީޙް ޖަމާލް
- މިނިސްޓަރ އޮފް ހެލްތް، އަލްފާޟިލް އަބްދުﷲ އަމީން
- މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އާއިޝަތު އަލީ
- އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްއަތު
- މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް އަހްމަދު ޒާހިރު
- މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ
- މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް
- މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް
- މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ
- މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސެއިން ރަޝީދު
- މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން
- މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މިނިސްޓަރު ފެންވަރުގައި އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވަނީ އައްޔަން ކުރައްވާފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ އަލީ ޝިޔާމެވެ.