ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 13:54
ރޮސްމާ މަންސޫރް
ރޮސްމާ މަންސޫރް
އަލްޖަޒީރާ
ނަޖީބު ރައްޒާޤް
ނަޖީބު ރައްޒާގުގެ އަނބިކަނބަލުންގެ މައްޗަށް ރިޝްވަތުގެ އިތުރު ތުހުމަތުތަކެއް!
މި ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރުކުރައްވާފައި

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުންގެ ރޮސްމާ މަންސޫރުގެ މައްޗަށް އަނެއްކާ ވެސް ރިޝްވަތުގެ އިތުރު ތުހުމަތުތަކެއް ކޮށްފިއެވެ. 

ނަޖީބު ރައްޒާގުގެ އަނބިކަބަލުން ރޮސްމާއަށް ދައުވާ ކޮށްފައި ވަނީ ނަޖީބުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުން ހިންގި ޕޮރްޖެކްޓެއްގައި އަމިއްލަ ފައިދާއަށްޓަކައި 45.12 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގިކަމުގެ ތުހުމަތުގައެވެ.

ރޮސްމާގެ މައްސަލަ ބެއްލެވި ޕޮރުސިކިއުޓާ ވިދާޅުވީ އެކަމަނާ މި އަމަލުތައް ހިންގަވާފައި ވަނީ މެލޭޝިއާގެ ބޯނޯ ސްޓޭޓްގެ 369 ސްކޫލެއްގައި 2016 އާއި 2017 އާ ދެމެދު ހިންގި ސޯލާ ޕްރޮޖެކްޓްތަކެއްގެ ތެރެއިން ކަމަށެވެ. ދެވަނަ މައްސަލައަކީ 2017 ވަނަ އަހަރު ޓެންޑައަކާ ނުލައި ޖެޕަކް ހޯލްޑިން ކިޔާ ކުންފުންޏަކަށް ކޮންޓްރެކްޓް ދިނުމަށް ފަހު 44.8 މިލިއަން ޑޮލަރުގެ ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތެވެ.

މި ތުހުމަތުތަކަށް އެކަމަނާ ވަނީ އިންކާރުކުރައްވާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ޑިސެމްބަރ މަހު 10 ވަނަ ދުވަހުއެވެ.

ކަފާލާތުގެ ދަށުން މިނިވަން ވެފައިވާ ރޮސްމާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 40 އަހަރަށް އެކަމަނާ ޖަލަށްދާން ޖެހޭނެއެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަނާއީ، ވައްކަމާއި، މަނީލޯޑްރީގެ ތުހުމަތުގައި 17 މައްސަލައެއްގައި މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ބުދަ ދުވަހު އެކަމަނާއާ ސުވާލުކޮށްފައެވެ.

ނިމިގެންދިޔަ ނަޖީބު ސަރުކާރުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކޮށްފައިވާއިރު ބިމެއް ބައްލަވައިގަނެ ރިޝްވަތު ނަންގަފައިވާ ކަމުގެ ތުހުމަތުގައި ނަޖީބްގެ ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ކުރެވޭ ޝަރީއަތް ވެސް ވަނީ ފަށާފައެވެ.

ބޮޑު ވަޒީރުކަން ކުރެއްވި ދުވަސްވަރު ފިނޭންސް މިނިސްޓްރީ އިން ހަދާފައިވާ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބެރްހަޑް ( 1އެމްޑީބީ) ކުންފުނިން 700 މިލިއަނެއްހާ ޑޮލަރު އަމިއްލަ އެކައުންޓަށް ޓްރާންސްފާކުރި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް