ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 11:48
ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބޭފުޅުން، ފާރިސް (ވ) އަދި ރަޝީދު (ކ)
ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބޭފުޅުން، ފާރިސް (ވ) އަދި ރަޝީދު (ކ)
މުހައްމަދު ޝަރުހާން
ޖޭއެސްސީގެ މެންބަރުކަން
ޖޭއެސްސީގެ މެމްބަރުކަމަށް: ގުޅިފައިވާ ޕާޓީތަކުން ހުށަހެޅުއްވީ ފާރިސް، ޕީޕީއެމުން ގައްދޫ ރަޝީދު
ފާރިސްއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ލީޑަރެއް
އިއްޔެ ޖަލްސާގައި ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުގައި ހުންނެވި ޕީޕީއެމް މެމްބަރު ރިޒާ ވަނީ ވަކި ކުރައްވާފައި
ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ލިބިދޭ މުއައްސަސާއެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރުގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ނަން ހުށަހަޅުއްވައިފިއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރަކު ހޮވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ހުޅުވާލެއްވުމާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ފާރިސްގެ ނަން ހުށަހަޅާފައެވެ. 

ފާރިސްގެ ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒްއެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމެވެ.

އަހުމަދު ރަޝީދުގެ ނަން ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިބްރާހިމް ފަލާހްއެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފެވެ.

ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރަކު ހޮވުމަށް ނެގޭ ވޯޓު އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާ ވަގުތު ކަމަށްވާ މެންދުރު ފަހު 13:30 ގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ މިވަގުުތު އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް