ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 10:33
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
މަޖިލިސް
ދައުލަތުގެ ބަޖެޓް 2019
 މިއަހަރު 7.6 ޕަސެންޓަށް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ: ފިނޭންސް މިނިސްޓަރ
ކުރިން ލަފާކުރި އަދަދަށް އިތުރު އަދަދެއް
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭ

މިއަހަރު ތެރޭ ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. 

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަމުން މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދު މި އަހަރުގެ ތެރޭގައި 7.6 ޕަސެންޓަށް ކުރިއަރާ އިރު މިއީ ކުރިން ލަފާކުރި 6.4 ޕަސެންޓް އަށް ވުރެ އިތުރު އަދަދެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑަށް ކުރިއަރާފައިވާ ދާއިރާތަކަކީ ޓުއަރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާ ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި. ނަމަވެސް މި ހުރަސްތަކާ އެކު ވެސް ރާއްޖޭގެ އުފެއްދުންތެރިކަން އަހަރުން އަހަރަށް ދާދި އެއް ހަމައެއްގައި ހިފެހެއްޓިފައި ވުމީ ފަޚުރުވެރިވާ ކަމެއް،" މުނައްވަރު ވިދާޅުވިއެވެ. 

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 6.8 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގުނު އަދި ރައްޔިތުންގެ ހުވަފެންތަކެެއް ހަގީގަތަކަށް ހަދައިދެވުނު އަހަރެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް