ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 01:11
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
ރާއްޖެ އެމްވީ
އަލީ ޒާހިރު
ނާޖާއިޒު ފައިދާއެއްގެ އުންމީދުގައި މަގާމަކަށް އުއްމީދު ނުކުރާތި: އަލީ ޒާހިރު
އާ ސަރުކާރުގައި ކޮރަޕްޝަން ތަހައްމަލު ނުކުރެވޭނެކަމަށް ވިދާޅުވި

ކޮރަޕްޝަނާއި ނާޖާއިޒު އެއްވެސް ފައިދާއެއްގެ އުއްމީދުގައި އެއްވެސް ބޭފުޅަކު އާ ސަރުކާރުގެ އެއްވެސް މަގާމަކަށް އުއްމީދު ނުކުރެއްވުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އިންޒާރު ދެއްވައިފިއެވެ.

އަލީ ޒާހިރު ހޯމަ ދުވަހު ކުރައްވާފައިވާ އިންޒާރުގެ މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ، އާ ސަރުކާރުގައި ކޮރަޕްޝަން ތަހައްމަލު ނުކުރެވޭނެކަމަށެވެ.

"ކޮރަޕްޝަަނަށް އާ ސަރުކާރުގައި އޮންނާނީ ޒީރޯ ޓޮލެރެންސް. ކޮރަޕްޝަނާއި ނާޖާއިޒު ފައިދާއެއްގެ އުއްމީދުގައި އިބޫގެ ސަރުކާރުގެ އެއްވެސް މަގަމަކަށް އުއްމީދު ނުކުރާތި" އޭނާ ވިދާޅުވެފައި ވެއެވެ.

އަލީ ޒާހިރު ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދައާއި ނާޖާއިޒު ފައިދާއެއް ނެގުމަށް އެއްވެސް މީހަކަށް ޖާގަ ނުދިނުމަށްޓަކައި އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ތެދުވުމަށް ގޮވާލައްވާ ކަމަށެވެ.

އިބޫގެ ކެމްޕެއިންގައި ކޯލިޝަންގެ އިސްވެރިން އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަ އަކީ ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ އެވެ. އަދި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އިދިކޮޅު ޕާޓީތަކުން ވަނީ ވައުދުވެފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ދައުލަތުން ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް އަނބުރާ ހޯއްދަވައިދެއްވާނެކަމަށް އިބްރާހިމް މުހހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް