ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 17:41
ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާއިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް
ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާއިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
މިދިޔަ މަހު ޖެންޑާރ މިނިސްޓްރީއަށް 208 މައްސަލައެއް ހުށަހަޅައިފި
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ އެއް ވަނީ ހުށަހަޅާފައި
ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް

ޖެންޑާރ މިނިސްޓްރީއަށް މިދިޔަ އޮކްޓޫބަރު މަހު ޖުމުލަ 208 މައްސަލަ ރިޕޯޓު ކޮށްފިއެވެ.

ޖެންޑާރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 106 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓު ކޮށްފައެވެ އެއީ އޮކްޓޫބަރު މަހު ރިޕޯޓު ކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 51 އިންސައްތައެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ޖިންސީ ހާނިކައިގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 36 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 26 މައްސަލަ، ޖިސްމާނީ ހާނިކައިގެ 24 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގޯނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 6 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގޯނާލިބުމުގެ 2 މައްސަލަ ހިމެނޭ ކަމަށެވެ. ހައްގުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 6 މައްސަލަ މިދިޔަ މަހު ޖެންޑާރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 2 މައްސަލަ އަދި އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 1 މައްސަލަ ހިމެނެއެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ އާއިލީ 22 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 8 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 6 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލަ ހިމެނެއެވެ.

މީގެ އިތުރަށް އެމިނިސްޓްރީން ބުނީ އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 11 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަން ކުރުމުގެ 5 މައްސަލައާއި، މާރާމާރީ ހިންގުމުގެ 1 މައްސަލަ އަދި މަސްތުވާތަކެތި ގެންގުޅުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 4 މައްސަލަ، ގެއިން ނުކުމެގެން ދިޔުމުގެ 2 މައްސަލަ އަދި ގޯނާކުރުމާއި ފުރައްސާރަކުރުމުގެ 2 މައްސަލަ ހިމެނެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައިވެއެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 14 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 7 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ، މާލީ އަދި އިގްތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 2 މައްސަލަ، ޖިންސީ އަނިޔާގެ 2 މައްސަލަ، ޖިންސީ ފުރައްސާރަ ކުރުމުގެ 1 މައްސަލަ އަދި ރޭޕްކުރުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

ޖެންޑާރ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 14 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައިވާ ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެވެ.

މިނިސްޓްރީން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 10 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް