ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 19:06
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު (ވ) އެމްޕީ ނިހާނާ އެކު
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު (ވ) އެމްޕީ ނިހާނާ އެކު
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ އިސްލާހު އުވާލަން ހުށަހަޅައިފި
އެހެން ގައުމުތަކުގައި ވެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނެތް

އުމުުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅައިފިއެވެ.

މި އިސްލާހު ހުށައެޅީ ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ފަލާހެވެ. 

މި އިސްލާހު ހުށައަޅުއްވާނެ ކަމަށް ވިދާޅުވެ މީގެ ކުރިން ފަލާހު ވިދާޅުވީ އެ އިސްލާހު ހުށަހަޅަން ނިންމެވީ އެހެން ގައުމުތަކުގައި ވެސް ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރެއް ނެތުމުން އެއީ ރާއްޖޭގައި ވެސް އޮންނަން ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. 

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ. އެ އިސްލާހަށް އޭރު ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވޯޓު ދެއްވާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް