ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 11:57
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް
ގޫގުލް
ރައީސް މައުމޫންގެ ޓުވީޓް
ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ
ދައުލަތުގެ މަތީ ފެންވަރުގެ އެއްވެސް ބޭފުޅެއް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައި ނުވޭ

ޖުމްހޫރީ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ކެބިނެޓް ވަޒީރެއް ބައިވެރިވެވަޑައިގެންފައި ނުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނު ޖަލްސާ އިން ސަރުކާރުގެ މަތީ ފެންވަރުގެ އެއްވެސް ބޭފުޅެއް ފެނިވަޑައިގެންފައިނުވާ ކަމަށާއި، ކެބިނެޓް މިނިސްޓަރެއް އަދި ރައީސް ޔާމީން ވެސް ފެނިވަޑައިގެންފައިނުވާ ކަމަށެވެ. ގައުމިއްޔަތު އަގުވަޒަންކުރުމަކީ މިއީތޯ ރައީސް މައުމޫނު ވަނީ ސުވާލުކުރައްވާފައެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނު ރަންޔޫބީލް ޖަލްސާ ބާއްވާފައިވާއިރު، މި ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން އެ މަނިކުފާނުގެ ކެބިނެޓް ވަޒީރެއް ވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ޔާމީން ރައްޔިތުންނަށް ދަންނަވާފައިވާއިރު، ދުވަހުގެ މުނާސަބަތުގައި ބަޔާނެއް އަދި އާންމުކޮށް ނެރޭ ހިތާބު ވެސް ނެރެފައެއް ނުވެއެވެ. 

ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުނު ރަންޔޫބީލް ރައީސް ޔާމީންގެ ސަރުކާރުން ފާހަގަކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން މާ ބޮޑު އިސްކަމެއް ދީފައި ނުވާތީ، އެ މަނިކުފާނު ގައުމަށް ލޯިކުރައްވާ ވަރު ވަރަށް ބޮޑަށް ހާމަވެގެން ހިގައްޖެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެ މަނިކުފާނަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދުވަހުގެ މުނާސަބަތުގައި ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ބަޔާނެއް ނެރުއްވާފައެވެ. އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވަނީ ޖުމުހޫރީ ވެރިކަމަކީ މަޝްވަރާގެ ރީތި އުސޫލުން ހިންގޭ ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު 1 ޖެނުއަރީ 1953 ގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރުއްޔާގެ ހުވާ ކުރެއްވުމާ އެކު، ދިވެހި ދައުލަތުގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމްވެގެންދިޔައެވެ. ހަތް މަހާއި ދުވަސް ކޮޅަކަށް ދެމިއޮތް މި ވެރިކަން، 1953 ވަނަ އަަހރުގެ އޯގަސްޓް 21 ވީ ދުވަހު ނިމުމަކަށް އައިސް އަނެއްކާ ވެސް ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުވެގެން ދިޔައެވެ. މިފަހަރު ރަސްކަމަށް އިސް ކުރެވުނު އައްސުލްޠާނު މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން ނިމުނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހު، ދެ ވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްވެ، ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 ނޮވެންބަރ 2018 | ހޯމަ 09:44
ރގބ
ކޮބާއެއްކަލަ ޖިންސީ ފުރައްސާރަ މިނިސްޓަރުގެ ވާހަކަ އޮބުނީތަ؟ އޮއްބާލީތަ؟