ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 19:17
އިދިކޮޅު ކެންޑިޑޭޓަކަށް ހޮވިވަޑައިގެންނެވި ގާނޫނުހަދާ މަޖިލީހުގެ މެމްބަރު މާޓިން ފޭއިލޫ
އިދިކޮޅު ކެންޑިޑޭޓަކަށް ހޮވިވަޑައިގެންނެވި ގާނޫނުހަދާ މަޖިލީހުގެ މެމްބަރު މާޓިން ފޭއިލޫ
އަލްޖަޒީރާ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިދިކޮޅު ކެންޑިޑޭޓަކަށް މާޓިން ފޭއިލޫ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިންތިޚާބު އޮންނާނީ ޑިސެމްބަރު މަހު

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކަށް ގާނޫނުހަދާ މަޖިލީހުގެ މެމްބަރު މާޓިން ފޭއިލޫ އެ ގައުމުގެ އިދިކޮޅު ލީޑަރުން ހޮއްވަވައިފިއެވެ.

އާދީއްތަ ދުވަހު މި ނިންމުން ނިންމާފައި ވަނީ އެތައް ދުވަހެއްގެ މަޝްވަރާތަކަކަށް ފަހު ސްވިޒަލޭންގެ ޖެނީވާގައެވެ.

މި ބައްދަލުވުމުގައި އެގައުމުގެ ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ލީޑަރުން ކަމަށްވާ ކުރީގެ ނާއިބު ރައީސް ޖިއެން ޕިއެރޭ ބެމްބާ އަދި ކުރީގެ ޕްރޮވިންސް ގަވަރނަރ މޮއިސް ކަޓުމްބީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. 

އެ ދެ ބޭފުޅުންނަކީ އެތައް ދުވަހެއް ވަންދެން ފަސްކުރުމަށް ފަހު ޑިސެމްބަރމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އިންތިޚާބުގައި ވާދަކުރުން މަނާކުރެވިފައިވާ ދެ ބޭފުޅުންނެވެ.

އުމުރުފުޅުން 62 އަހަރުފުޅުގެ ލީޑަރާ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވެނީ މަގާމުން ދުރަށް ވަޑައިގަންނަވާ ރައީސް ޖޯސެފް ކަބީލާގެ ތާއީދާ އެކު ނުކުންނަވާ ކުރީގެ އިންޓީރިއަރ މިނިސްޓަރ އެމަނުއެލް ރަމަޒާނީ ޝާދަރީއެވެ.

ގުދުރަތީ މައުދަނުގެ މުއްސަނދިކަން ލިބިފައިވާ ކޮންގޯއަށް ބެލްޖިއަމްގެ އަތުން 1960 ގައި މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުވެފައެއް ނުވެއެވެ.

އުމުރުފުޅުން 47 އަހަރުގެ ކަބީލާ ވެރިކަމަށް ވަޑައިގެންފައި ވަނީ އޭނާގެ ބައްޕާފުޅު ލޯރެން ކަބީލާ އަވަހާރަކޮށްލެވުމުން 2001 ވަނަ އަހަރުއެވެ.

އޭގެ ފަހުން އިންތިޚާބަކަށް ފަހު 2006 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑަައިގެން 2011 ވަނަ އަހަރުވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައެވެ. އެހެން ނަމަވެސް އެ އިންތިޚާބަކީ މަކަރާ ހީލްތްހަދާ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ފުޅާދާއިރާއެއްގައި ވަނީ ތުހުމަތުކުރެވިފައެވެ.

ކަބީލާގެ މަގާމުގެ މުއްދަތު 2016 ވަނަ އަހަރު ހަމަވި ނަމަވެސް ރިޔާސީ އިންތިޚާބު ދެ ފެހަރެއްގެ މަތިން ފަސްކުރުމަށް ފަހު އަދިވެސް ގެންދަވަނީ މަގާމުގައި ދެމިހުންނަވަމުންނެވެ.

 

- ކޮމެންޓް