ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 23:31
ކާނަލް ނާޒިމް
ކާނަލް ނާޒިމް
ރާއްޖެއެމްވީ
ކާނަލް ނާޒިމް
ކާނަލް ނާޒިމް މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގަންނަވައިފި
ނާޒިމާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައި

އޮކްޓޯބަރ މަހުގެ ހަތަރު ވަނަ ދުވަހު ބޭސްފަރުވާ އަކަށް މެލޭޝިއާއަށް ވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ .

ނާޒިމް އެނބުރި ރާއްޖެ ވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ސުޕްރީމް ކޯޓުން ފަސްކޮށްފައި ވަނިކޮށެވެ. އެކަމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމާމެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމަށެވެ.

އެމަނިކުފާނުގެ ކޮޓަރިކޮޅުން ފިސްތޯލަ އެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކަމުގެ ކުށް ސާބިތުކޮށް 11 އަހަރަށް ޖަލަށްލާން ނާޒިމްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް