ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 16:59
ޑައިރެކްޓަރ ފާތުމަތު ނަހުލާ
ޑައިރެކްޓަރ ފާތުމަތު ނަހުލާ
މުހައްމަދު ޝަރުހާން
ދިވެހި ފިލްމީ ދާއިރާ
ނަހުލާގެ ބީ އަންނަ އަހަރު ސިނަމާތަކަށް
ނަހުލާ ބުނީ އެ ފިލްމްގެ ސްކްރީންޕްލޭ އޮތީ ނިމިފައި ކަމަށް

މަޝްހޫރު ފިލްމް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ "ބީ" އަންނަ އަހަރު އަޅުވަން ނިންމައިފި އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ނަހުލާ ބުނީ އެ ފިލްމުގެ ސްކްރީން ޕްލޭ އޮތީ ނިމިފައި ކަމަށާއި މި ފިލްމް އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ކަމަށެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކުރިން ވެސް މި ފިލްމަށް ހަމަޖައްސާފައިވާ ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒާ އާއި ޖުމައްޔިލް ނިމާލް ކަމަށް ނަހުލާ ބުންޏެވެ.

ނަހުލާގެ ފިލްމު ކުންފުނި ކްރިސްޓަލް އެންޓަޓައިންމަންޓުން އުފައްދާ މި ފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ.

ނަހުލާ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވާ ފިލްމަކީ 2016 ގައި ރިލީޒް ކުރި ބިރުވެރި ފިލްމު "4426" އެވެ.

"ބީ" މި ފިލްމަކީ ނަހުލާގެ "ބޮސް" އަށް ފަހު ނެރޭ ފުރަތަމަ ފިލްމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
26 ޑިސެންބަރ 2018 | ބުދަ 21:00
ސޮބާބޯ
ބީ ފޯރ ބޯހަލާކު ދެއްތޯ؟؟