ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 17:23
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު
ގޫގުލް
އިލްހާމުގެ މައްސަލަ
މާޝާ ފުލުހުންގެ އިދާރާގައި ރަހީނުކުރި މައްސަލަ ކޯޓަށް ހުށަހަޅާނަން: އިލްހާމް
މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ އާ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ފުލުހަށް ހާޒިރުވުމުން ނޫނީ، ބަންދުން ދޫކޮށްނުލާނެކަމަށް ބުނެ އިލްހާމްގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން (އައިޝް) ފުލުހުންގެ އިދާރާގައި ރަހީނުކުރި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އިލްހާމް ވިދާޅުވެއްޖެއެވެ.

 އިލްހާމް ވިދާޅުވީ މާޝާ ރަހީނުކުރި މައްސަލަ ކޯޓަށް ހުށަހެޅުއްވުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ ކަމަށާއި، އެ ކޭސް މިހާރު އޭނާގެ ގާނޫނީވަކީލް ދިރާސާކުރައްވަމުން އަންނަ ކަމަށެވެ. މި މައްސަލަ ކޯޓަށް ހުށަހަޅުއްވާނީ އާ ސަރުކާރު ވެރިކަމާއި ހަވާލުވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ އިންސާފުން އެއްކިބާވެ ރައްޔިތުންނަށް ދެމުންދާ މި ފަދަ ލާ އިންސާނީ އަނިޔާތަށް ހުއްޓުވުމުގެ ގޮތުން، މި ފަދަ މައްސަލަތަށް ބެލި އެކަން ކުރި މީހުންނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށެވެ.

އިލްހާމްގެ އަނބިކަބަލުން ( މާޝާ) ފުލުހުންގެ އިދާރާގައި ބަހައްޓާފައިވަނީ މިއަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ހަވީރު 4 އަކުން ރޭގަނޑު 11 ޖަހަންދެން އަދި ފެބްރުއަރީ 12 ވަނަ ދުވަހު ހެނދުނު  9 އަކުން މެންދުރު 1 ޖަހަންދެކަށެވެ. އިލްހާމް ފެބްރުއަރީ 12 ވަނަ ދުވަހު މެންދުރު 1 ޖަހާކަންހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން މާޝާ ވަނީ ދޫކޮށްލާފައެވެ.

އިލްހާމްގެ އަނބިކަބަލުން މާޝާ ވިދާޅުވީ ފެބްރުއަރީ 11 ވަނަ ދުވަހު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނި ސްޓޭޓްމަންޓެއް ނެގުމަށް ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ފުލުހުންގެ އިދާރާގެ ކޮޓަރިއެއްގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން ބެހެއްޓުމަށްފަހު، ތަކުރާރުކޮށް އޭނާ އާއި ސުވާލުކުރީ އިލްހާމް ވީ ތަނެއް ބުނެދިނުމަށް ކަމަށާއި ،އެއްވެސް ސްޓޭޓްމެންޓެއް ނަގާފައިނުވާ ކަމަށް މާޝާ ވިދާޅުވިއެވެ.

މާޝާ ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާގައި ރަހީނުކޮށްފައި ބެހެއްޓުމުގެ ސަބަބުންނާއި، އަދި ނުހައްގުން އިލްހާމް ޖަލުގައި ބެހއްޓުމުގެ ސަބަބުން އޭނާގެ އާއިލާ އަށް ނަފްސާނީ ގޮތުންނާއި ޖިމްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. މައިޝާ ވިދާޅުވީ އޭނާގެ އާއިލާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު އަނިޔާގެ ބަދަލު ހޯދާނެ ކަމަށާއި، އަދި އެ މައްސަލަ ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މައިޝާ ވިދާޅުވީ ފުލުހުންގެ އިދާރާގައި އޭނާ ރަހީނުކޮށްގެން ބެހެއްޓި އެންމެން އިގޭ ކަމަށާއި، އެ މީހުންނާއި ދޭތެރޭ ފިޔަވަޅުން އަޅަން ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މައިޝާގެ އާއިލާއަށް ލިބުނު ނަފްސާނީ ގެއްލުން ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ ލިބުނު ނަފްސާނީ ގެއްލުމުގެ ސަބަބުން ގްރޭޑް 9 އެއް ގައި ކިޔަވަމުންދާ އޭނާގެ ދޮށީ ދަރިފުޅު ސްކޫލަށް ނުދާތާ 9 މަސް ދުވަސް ވެފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އޭނާގެ އިތުރު 3 ކުދިންނަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.

އިލްހާމް ޖަލުގައި 8 މަސް ދުވަސް ހޭދަކުރުމަށްފަހު މިނިވަންވެވަޑައިގެންފައިވަނީ 24 ސެޕްޓެމްބަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް