ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 16:23
ފުލުހުންގެ ޕޮލިސް ކޮމިޝަނަރ ހަމްދޫން ރަޝީދު
ފުލުހުންގެ ޕޮލިސް ކޮމިޝަނަރ ހަމްދޫން ރަޝީދު
ރައީސް އޮފީސް
ފުލުހުންގެ ހިތާބު
ޤާނޫނުގެ އެއްވެސް އަކުރަކަށް ފުލުހުން އިހުމާލު ނުވާނެ: ފޮލިސް ކޮމިޝަނަރ
މިއަދު ދިވެހި ރާއްޖެއަކީ ސިޔާސީ ޕާޓީތަކެއްގެ މައްޗަށް ހިމެނޭ ޑިމޮކްރެޓިކް ޤައުމެއް
ކުށްކުރާ މީހުން ބޭނުންކުރާ އުކުޅުތައް މިއަދު ބަދަލުވެއްޖެ

ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ދިވެހި ފުލުހުން ސާބިތުވެ ތިބޭނެ ކަމަށާއި، ޤާނޫނުގެ އެއްވެސް އަކުރަކަށް އިހުމާލު ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން އާދިއްތަ ދުވަހު ނެރުނު ޚިތާބުގައި ޙަމްދޫން ވިދާޅުވީ ފާއިތުވި ދިގު މާޒީގައި ރާއްޖޭގެ ދާޚިލީ އަމާންކަން ހިމާޔަތް ކުރުމަށް ފުލުހުން އަދާކޮށްފައިވާ މުހިއްމު ދައުރު ދެނެގަނެ، މުސްތަޤުބަލުގައި ފުލުހުން އަދާކުރަން އޮތް މަސްއޫލިއްޔަތާއި މެދުގައި ވިސްނާލުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

އެކި ރޮނގުތަކުން ޤައުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާ ހަމްދޫން ވިދާޅުވީ މިއަދު ދިވެހި ރާއްޖެއަކީ ސިޔާސީ ޕާޓީތަކެއްގެ މައްޗަށް ހިމެނޭ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި، ޤައުމަށް އަންނަމުންދާ ކުރިއެރުން ތަކާއި ގުޅިގެން ފުލުހުންގެ ޒިންމާ ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންނަކީ ވެސް ދިވެހި ދަރިން ކަމަށާއި، ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނީ ވާޖިބު އަދާކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.  

ޖިނާއީ ކުށްތައް އިތުރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކުށްކުރާ މީހުން ބޭނުންކުރާ އުކުޅުތައް މިއަދު ބަދަލުވެއްޖެ ކަމަށާއި، ފުލުހުންގެ ޤާބިލުކަމާއި ވަސީލަތްތައް އެތައް ގުނައަކަށް ކުރިއަރަން ޖެހޭނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މީގެ އިތުރުން ތަރުބިއްޔަތާއި އަހުލާޤީ ގޮތުން އާންމުންގެ މިޒާޖަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭނެ ކަމަށް ވެސް އެ ހިތާބުގައި ފޮލިސް ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް