ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 17:27
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ބަޖެޓް އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
އަންނަ އަހަރަށް ލަފާކޮށް، ހުށަހަޅާފައި ވަނީ 29 ބިލިއަން ރުފިޔާގެ ބަޖެޓެއް
މިދިއަ ހަފްތާގައި އެއްވެސް ޖަލްސާ އެއް ބާއްވާފައެއް ނުވޭ
މިހާރު ހިނގަމުންދާ 2018 ވަނަ އަހަރަށް ލަފާކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު، ނުވަތަ ފަހު ދައުރުގެ އަށް ވަނަ ޖަލްސާ، އަންގާރަ ދުވަހު ބާއްވާއިރު، އެޖަލްސާ އަށް މިހާތަނަށް އެޖެންޑާ ކޮށްފައި ވަނީ ވެސް ދައުލަތުގެ ބަޖެޓް އެކަންޏެވެ. 

އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 29 ބިލިއަން ރުފިޔާއެވެ. 

މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލާފައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށް ސަރުކާރުން ބުނެއެވެ.  މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައި ދެއްވާނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ. 

ހިނގަމުން މިދާ އަހަރަށް ފާސްކޮށްފައި ވަނީ 27.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ހަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް