ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 15:26
މުހައްމަދު ޝަރީފު މުންދު
މުހައްމަދު ޝަރީފު މުންދު
ރައީސް އޮފީސް ޓްވިޓާ
މުހައްމަދު ޝަރީފު މުންދު
ލަންކާގެ ސަފީރުކަމުން މުންދު އިސްތިއުފާ ދެއްވައިފި
އިސްތިއުފާގެ ސިޓީ ފޮރިން މިނިސްޓްރީއާއި މިއަދު ވަނީ ހަވާލުކުރައްވާފައި
ސަފީރު ކަމަށް މުންދު އައްޔަން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހު

ރާއްޖެއިން ސްރީ ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އިސްތިއުފާ ދެއްވައިފިއެވެ.

މުންދު ރާއްޖެއެމްވީއަށް ވިދާޅުވީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ފޮރިން މިނިސްޓްރީއާއި މިއަދު ހަވާލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ފޮރިން މިނިސްޓްރީން އަންގާފައި ވަނީ މަގާމުން ވަކިވާނީ، މިމަހުގެ 16 އިގެ ފަހުން ކަމަށެވެ. 

މުންދު ވިދާޅުވީ އިސްތިއުފާ ދެއްވީ މިމަހުގެ 17 ވަނަ ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރު ހުވާކުރެއްވުމުން އާ ސަރީފަރަކަށް ޖާގަ ދެއްވުމަށް މަގުފަހި ކުރެއްވުމަށް ކަމަށެވެ. 

"ބާކީ އޮތީ ފަސް ވަރަކަށް ދުވަސް ދެއްތޯ،" މުންދު ވިދާޅުވިއެވެ. 

ލަންކާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް މުންދު އައްޔަން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އޭގެ ކުރިން އޭނާ ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގަ އެވެ.

މުންދު އިސްތިއުފާ ދޭންނިންމިއިރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަޤާމަށް އޮކްޓޫބަރު މަހު 3 ވަނަ ދުވަހު ވަނީ އައްޔަންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް