ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 11:57
ވެމްކޯގެ އުޅަނދަކަށް ކުނި އަޅާފައި ހުރި ކޮތަޅުތަކެއް ލަނީ
ވެމްކޯގެ އުޅަނދަކަށް ކުނި އަޅާފައި ހުރި ކޮތަޅުތަކެއް ލަނީ
މުހައްމަދު ޝަރުހާން
ވެެމްކޯ
ކެޕްސްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދޭ: ވެމްކޯ
ކެޕްސްގެ ދަށުން ތައާރުފު ކޮށްފައިވަނީ ކޯލް އެންޑް ޕިކްއަޕްގެ ޚިދުމަތާއި ކެޕްސް ލައިޓްގެ ޚިދުމަތް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއިން ތައާރަފްކޮށްފައިވާ ކެޕްސްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ޚިދުމަތް ވެމްކޯއިން ފަށާފައިވާއިރު ވެމްކޯއިން ދަނީ ކުނި އުކާލުމުގެ ތަފާތު ޚިދުމަތްތައް ތައާރުފުކުރަމުންނެވެ. އެގޮތުން ދާދިފަހުން ވެމްކޯއިން ތައާރުފުކުރި ކެޕްސްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ.

ކެޕްސްގެ ޚިދުމަތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވެމްކޯގެ މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ އައިޝަތު އަޖްފާން ވިދާޅުވީ ކެޕްސްގެ ދަށުން ތައާރަފް ކޮށްފައިވަނީ ކޯލް އެންޑް ޕިކްއަޕްގެ ޚިދުމަތާއި ކެޕްސް ލައިޓްގެ ޚިދުމަތް ކަމަށެވެ.

އެގޮތުން ކޯލް އެންޑް ޕިކްއަޕްގެ ޚިދުމަތުގެ ދަށުން 250 ރުފިޔާއަށް 350 ކިލޯގެ ޕިކަޕެއްގެ ކުނިއުކާލަ ދޭއިރު 550 ރުފިޔާއަށް 1.5 ޓަނުގެ ޕިކަޕެއްގެ ކުނި އުކާލަ ދޭކަމަށް އަޖްފާން ވިދާޅުވިއެވެ. އަދި ހަތަރު ޓަނުގެ ޕިކަޕްއެއްގެ ކުނި އުކާލަދެނީ 950 ރުފިޔާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކެޕްސް ލައިޓަކީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބޮޑެތި ކުނި 25 ރުފިޔާއަށް އުކާލަދޭ ޚިދުމަތަކަށް ވާއިރު މި ދެ ޚިދުމަތަށް ބޭނުންވާ ފަރާތްތަށް އެއްދުވަހުން އަނެއްދުވަހަށް ގިނަވެ މިއަދާއި ހަމައަށް އައިރު ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް މި ޚިދުމަތަށް ލިބެންދާކަމަށް އަޖްފާން ވިދާޅުވިއެވެ. މީގެ އިތުރުންވެސް މި ދެ ޚިދުމަތަށް ނަގާ އަގުތަކަކީ އެކަށިގެންވާ އަގުތަކެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ވެމްކޯއިން ބުނީ މި ޚިދުމަތްތައް ބޭނުންވާ ފަރާތްތަކުން 1666 އަށް ގުޅުމުން އެ ޚިދުމަތް ހަމަޖެހިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
11 ނޮވެންބަރ 2018 | އާދީއްތަ 16:48
އިލްޔާސް
ބިދޭސީން އަތުން ތި މަސެއްކެއް ނަގަންޖެހޭތާ އެތައް ދުވަހެެއް ވެއްޖެ