ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 19:48
އއ. އުކުޅަސް ޕެޓްރޯލް ޝެޑު ފުރާޅު އެއްލާލުމުން ގެއްލުންތަކެއްވެފައި
އއ. އުކުޅަސް ޕެޓްރޯލް ޝެޑު ފުރާޅު އެއްލާލުމުން ގެއްލުންތަކެއްވެފައި
ރާއްޖެ އެމްވީ
ރާއްޖެއަށް ކުރަމުންދާ ވިއްސާރަ
ބާރުގަދަ ކޮޅިގަނޑެއްގައި އުކުޅަހު ޕެޓްރޯލް ޝެޑަށް ގެއްލުންތަކެއް!
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ބާރުގަދަ ކޮޅިގަނޑެއްގައި އއ. އުކުޅަހު ބަނދަރު ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުގެ ފުރާޅު އެއްލާލައި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ހާއިރު ހިނގި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގި ވަގުތު، ވާރެއިން ސަލާމަތްވުމަށް ސައިކަލެއްގައި ދިޔަ ބަޔަކު ޕެޓްރޯލް ޝެޑު ކައިރީގައި މަޑުކޮށްގެން ތިބި ކަމަަށެވެ. ނަމަވެސް ކޮޅިގަނޑާއެކު އެތަނުގެ ފުރާޅު އެއްލާލި ވަގުތު އެ މީހުން އެތަނުން ދުރަށް ދިއުމުން، އަނިޔާއެއް ނުވެ، އެ މީހުން ސަލާމަތްވެފައިވާ ކަަމަށް އޭނާ ބުންޏެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް