ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 18:21
ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު
ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު
ރާއްޖެއެމްވީ
ރާއްޖޭގެ ޖުޑިޝަރީ
ދެ އަހަރުވާ އިރުވެސް ޝަރީއަތް ނުބޭއްވުމަކީ އަނިޔާއެއް: ޝެއިހު އިޔާޒު
ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަކީ ދެވޭ ބޮޑު އަނިޔާއެއް
ޝަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަކީ އެފަރާތްތަކުގެ ޙައްޤެއް

އެކި މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ހައްޔަރުކުރާ މީހުން ގިނަ ދުވަސްތަކެއް ވާ އިރުވެސް ޝަރީއަތެއް ބޭއްވުމެއް ނެތި ބަންދުގައި ބަހައްޓާ މައްސަލައާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ޝަރީއަތެއްނެތި ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ އެކި ކުށްތަކުގައި ސިޔާސީ ފަރާތްތަކާއި އާންމު ފަރާތްތަކެއް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައި ތިބުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

އިޔާޒު މިހެން ވިދާޅުވެފައިވާއިރު، ކުށުގެ ތުހުމަތެއް ކުރެވި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމަކީ އެފަރާތްތަކުގެ ޙައްޤެއް ކަމަށް ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް