ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 14:53
ޝަރަފުގެ ހިނގާލުމުގެ ތެރެއިން
ޝަރަފުގެ ހިނގާލުމުގެ ތެރެއިން
އެމްއެންޑީއެފް
ޖުމްހޫރީ ދުވަސް
ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފްގެ ހިނގާލުން މާދަމާ
އިއްޔެ އެއީ ގައުމީ ދުވަސް، ކުލަގަދަކޮށް ފާހަގަ ކުރުމަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވޭ
މާދަމާއަކީ ޖުމްހޫރީ ދުވަސް، މިދުވަސް ފާހަގަ ކުރުމަށްވެސް ސަރުކާރުގެ އެއްވެސް ސަމާލު ކަމެއް ނެތް

ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާލޭ ސިޓީގައި ބާއްވާ ޝަރަފްގެ ހިނގާލުން އާދިއްތަ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ޝަރަފްގެ ހިންގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު 16:00 ގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށިން ނުކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ބޮޑުތަކުރުފާނުމަގުން ކަޅުތުއްކަލާ ކޮށްޓަށް ކަމަށެވެ. 

މި ޝަރަފްގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓާ ގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން ހިނގާލުން ހުއްޓުމަށް ހަމަޖެހިފައި ވަނީ ކާނިވާ ކުރިމަތިން ހުންނަ ޕެޓްރޯލްޝެޑް ކައިރީގައާއި ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް މި މަހުގެ 11 ވަނަ ދުވަހު 50 އަހަރު ފުރޭއިރު، ޖުމްހޫރީ ދުވަސް ފަހަގަކުރުމަށް ސަރުކާރުންނާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. މާލޭގެ މަގުތައް ޒީނަތްތެރިކޮށް، ދިވެހި ދިދައެއް ޖަހާލާތަން ވެސް ނުފެއެވެ. މީގެ ކުރިން ދައުލަތުގެ އިމަރާތްތައް ކުލަ ބޮކިތަކުން ޒީނަތްތެރިކޮށް، ދިވެހި ދިދައިން މަގުތައް ޒީނަތްތެރިކުރަމުން ދިޔަ ނަމަވެސް މިފަހަރު ސަރުކާރުގެ އިތުރުން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއަކުން ވެސް މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ. އަދި ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހަކީ ރާއްޖޭގެ ގައުމީ ދުވަހެވެ. އެދުވަސް މިއަހަރު ދިމާވީ މިމަހުގެ 09 ވީ ހުކުރު ދުވަހަށެވެ. ނަމަވެސް ގައުމީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ވެސް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. 

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ނަމަވެސް، މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާފައިވަނީ 17 ނޮވެމްބަރު 2013 ވަނަ ދުވަހު އެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވާނީ މިމަހުގެ 17 ވަނަ ދުވަހަށެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. އެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް