ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 12:32
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
އަދީބުގެ ހާލު ސީރިއަސް، އެކަމުގައި ކަރެކްޝަންގެ އިހުމާލު އެބައޮތް: އާއިލާ
ބޭހުން ހިލަ ނުވެއްޓިއްޖެ ނަމަ ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށް އާއިލާ އިން ބުނި
އަދީބު މާލޭ ޖެޓީ އަށް ވެއްޓުނު ކަމަށް ވެސް ވިދާޅުވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސް ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހްމާލު އޮތް ކަމަށް އަދީބުގެ އާއިލާ އިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ކަރެކްޝަންސް އިން ޑޮކްޓަރުގެ ލިއުމަށް ތަބާނުވުމުގެ ނަތީޖާއެއްގެ ގޮތުން އަދީބުގެ ކިޑްނީ ސްޓޯން މިހާރު އިނނީ ކިޑްނީ އާއި ބްލެޑާ ދޭތެރޭ ހޮޅީގައި ތާށިވެފައި ކަމަށެވެ. އަދި ތިން ދުވަސް ތެރޭގައި ބޭހުން ހިލަ ވައްޓާ ނުލެވިއްޖެ ނަމަ ދެން ޖެހޭނީ އޮޕަރޭޝަން ކުރަން ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ 6:00 އިން ފެށިގެން އަދީބުގެ ހަށިގަނޑަށް ފަސް ޕެއިންކިލާ ޖެހިފައިވާ ކަމަށާއި އަދި ކޮންޓްރާސްޓް ސީޓީ ސްކޭންއެއް ހެދުމަށް ހަތަރު ފުލުއިޑް އިންޖެކްޝަން ހަށިގަނޑަށް އިންޖެކްޓް ކުރެވިފައިވާ ކަމަށެވެ. ހޮޅީގައި ހިލަ ތާށިވެފައި ހުރުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށް ނަޝްވާ ވިދާޅުވިއެވެ.

އަދީބުގެ ބަނޑުގައި ރިހެމުން ދިޔަކަން ޕޮލިހުގައި ތިބި އިސްފަރާތްތަކަށް ކޮންވިންސް ކޮށްދޭން ދެ ގަޑިއިރު މަސައްކަތްކުރަން ޖެހުނު ކަމަށާއި އަދީބު އައިޖީއެމްއެޗް އަށް ބަދަލުކުރީ އަދީބަށް ދޫނިދޫ ކްލިނިކްގައި އިތުރަށް ފަރުވާ ނުދެވޭނެ ކަމަށް ވިދާޅުވެ ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ޒިންމާ ނުނަންގަވާނެ ކަމަށް ލިޔުގައި ސޮއިކުރެއްވުމުން ކަމަށް ނަޝްވާ ވިދާޅުއެވެ. އަދި މާލޭ ގެނައި ވަގުތު އަދީބު ވެއްޓުނު ކަމަށް ވެސް އަދީބު ވިދާޅުވި ކަމަށް ވެސް ނަޝްވާ ވިދާޅުވިއެވެ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

ނަޝްވާގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން ކްރެކްޝަންގެ ބަހެއް ހޯދުމަށް ކަރެކްޝަންގެ މީޑިއާ އޮފިޝަލަށް ރާއްޖެ އެމްވީން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް