ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 07:22
ވެމްކޯއިން މާލޭގައި ކުނި އުކާލަނީ
ވެމްކޯއިން މާލޭގައި ކުނި އުކާލަނީ
އަޝްވާ ފަހީމް
ވެމްކޯ
ކުނި އުކުން ވަގުތީ ގޮތުން ހުއްޓާލުމަށް ބޭނުންނަމަ އެކަން އެންގުމަށް ވެމްކޯއިން އެދިއްޖެ
ހިދުމަތް މެދުކަނޑާލެވޭނީ ކުނި ނެގުން ހުއްޓާލަން އެެދޭ މުއްދަތު ފަސް ދުވަހަށްވުރެ އިތުރުވާނަމަ

ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރު ކަމަށްވުމާއެކު މާލެއިން ބޭރަށް ދާ ފަރާތްތަކުން ކުނި އުކުން ވަގުތީ ގޮތުން ހުއްޓާލުމަށް ބޭނުންނަމަ އެކަން އެންގުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން އެދިއްޖެއެވެ. 

ވެމްކޯއިން ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ގޭބިސީ، ބިލްޑިން ނުވަތަ ރިއަލް އެސްޓޭޓް، ވިޔަފާރި އަދި މުއައްސަސާތަކުން ހޯދަމުން އަންނަ ވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު ޚިދުމަތް މެދުކަނޑާލަން ބޭނުންވާ ތާރީޚުގެ ފަސް ދުވަސް ކުރިން އެ ކޯޕަރޭޝަނަށް އަންގައި ދިނުމަށެވެ. 

އަދި ހިދުމަތް މެދުކަނޑާލެވޭނީ ކުނި ނެގުން ހުއްޓާލަން އެެދޭ މުއްދަތު ފަސް ދުވަހަށްވުރެ އިތުރުވާނަމަ ކަމަށް ވެސް ވެމްކޯގެ ސަރކިއުލާގައި ވަނީ ބުނެފައެވެ.

އެފޯމު ފުރުމަށްފަހު ވެމްކޯއަށް ލުމުން މެދުކަނޑާލާ މުއްދަތު ތެރޭގައި ވެމްކޯއަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް