ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 17:38
ރައީސް ނަޝީދާއި އިންތިޚާބީ ރައީސް ސޯލިހު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރައީސް ނަޝީދާއި އިންތިޚާބީ ރައީސް ސޯލިހު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
އިބޫ ހޯއްދެވި ކާމިޔާބީގެ ސިއްރަކީ ރައްޔިތުން: ނަޝީދު
23 ސެޕްޓެމްބަރުގައި ދިވެހިންގެ ސާބިތުކަމާއި އެކު މުޅި ދުނިޔެ ސިއްސުވާލިކަމަށް ވިދާޅުވި

ކޯލިޝަންގެ ކެޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީގެ ސިއްރަކީ ދިވެހި ރައްޔިތުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިލަދުންމަތީ އުތުރުބުރީގެ ދިއްދޫއަށް ހުކުރު ދުވަހު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ދިވެހިންގެ ސާބިތުކަމާއި އެކީގައި މުޅި ދުނިޔެ ސިއްސުވާލި ކަމަށެވެ.

"އެ ރައްޔިތުން އެއް އަޑަކުން ނޫނެކޭ ބުނީ އަނިޔާވެރިކަމަށް. ނޫނެކޭ ބުނީ ވައްކަމަށް. ނޫނެކޭ ބުނީ ޖާހިލުކަމަށް. ދިވެހިން އެދެނީ ރިވެތި ދިރިއުޅުމެއް. ދިވެހިން އެދެނީ ތަނަވަސްކަމާއި އެކު ހާސްކަމެއް ނެތި ދިރިއުޅެވޭނެ ގޮތެއް" ނަޝީދު ވިދާޅުވިއެވެ.

މި ވެރިކަން ބަދަލުކޮށް ރާއްޖެ އަނބުރާ ނުލެވޭނެ ކަމަށް ބޭރުގެ ރިޕޯޓަރުންނާއި ބޭރުގެ އެހެނިހެން ފަރާތްތަކުން ވެސް ބުނަމުން އައި ކަމަށާއި، އެހެން ނަމަވެސް ދިވެހިން އެ ދުވަހު ދައްކުވައި ދިނީ ދިވެހިން އެމީހުންނަށް ހައްގު މިންވަރު ބޭނުންވާކަން ކަމަަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ ބަދަލުކޮށްލުމަށް ދިވެހިން ދިން ވޯޓަަށް ޝުކުރު އަދާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އިންތިޚާބު ނުލިބުނުނަމަ އެމަނިކުފަނު މިއަދު ދިއްދޫގެ ރައްޔިތުންގެ ގާތުގައި ނުހުންނެވުނީސް ކަމަށެވެ. އަދި އެމަނިކުފާނަށް އެމަނިކުފަނުގެ އާއިލާގެ ގާތަށް، ގައުމަށް އެނބުރި ވަޑައިގެންނެވުމުގައި ދިވެހިން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށްޓަކައި ތަރައްގީގެ މަސައްކަތުގައި ހުއްޓުމެއް ނެތި މަސައްކަތް ކޮށްދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް