ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 22:13
ރައީސް ނަޝީދު ދިއްދޫގައި
ރައީސް ނަޝީދު ދިއްދޫގައި
ޓްވިޓަރ
ނަޝީދު ދިއްދޫއަށް
ނަޝީދަށް ދިއްދޫއިން ހޫނު މަރުހަބާއެއް!
ދިއްދޫއަކީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުއޮންނަ އެއްރަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތިލަަދުންމަަތި އުތުރުބުރި ދިއްދުއަށް ވަޑައިގެންފިއެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ގިނައަދަދެއްގެ ބޭފުޅުން ދިއްދުއަށް ވަޑައިގަތުމުން އެރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

 

ނަޝީދު ދިއްދޫގައި

ރައީސް ނަޝީދު ދިއްދުއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އިތުރުން، އެކި އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގެންފައި މިވަނީ ތިން އަހަރަށްވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅަށްފަހުގައެވެ. ރައީސް ނަޝީދަށް އައްޑޫއަތޮޅުންވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

 

ދިއްދޫއިން ނަޝީދަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް