ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 19:34
ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
ތިމަރަފުށީ މުސްތަފާ
ރައްޔިތުން ބޭނުންނަމަ މަޖިލީހަށް ކުރިމަތިނުލުމުގެ ހިތްވަރު އެބަހުރި: މުސްތަފާ
12 މެމްބަރުންނަށް ޓިކެޓުދިނުން ބޮޑު ބަހުސަކަށް
އެކަމަށް އެއްޗެއް ވިދާޅުވީ މުސްތަފާއަށް އެކަނި

ރައްޔިތުން އެދެފި ނަމަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލުމުގެ ހިތްވަރު އެބަހުރި ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައި ވަނީ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން އެއްބަސްވެފައި ވާތީ އެކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް އަމާޒުވި ފާޑު ކިޔުންތަކަށް ރައްދު ދެއްވައި މުސްތަފާ ވިދާޅުވީ އޭނާއަކީ ޕްރައިމަރީއަށް ބިރު ގަންނާނެ މީހެއް ނޫން ކަމަށެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުން ބޭނުންނަމަ މަޖިލީހަށް ކުރިމަތި ނުލުމުގެ ހިތްވަރާއި ކެރުން ވެސް މުސްތަފާގެ ހުންނާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ތިމަރަފުށީގެ ބިން ހިއްކިއްޖެ ކަމަށާއި ނަރުދަމާ އާއި ފެނުނުގެ ޚިދުމަތް ވެސް ފެށިއްޖެ ކަމަށެވެ.

ތިމަރަފުށީގެ މަސައްކަތްތަކަށް އަލިއަޅުވާ ލައްވަމުން މުސްތަފާ ވިދާޅުވީ މިހާރު ކުރަން އޮތް މަސައްކަތަކީ ތިމަރަފުށީގެ މަގުތައް ހެދުން ކަމަށެވެ. އަދި އެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށާއި މަގުތައް ހެނދުމަށް ބޭނުންވާ 100 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ އޭނާއަކީ 2009 ވަނަ އަހަރުގެ ފަހުން އެންމެ ގިނައިން މަޖިލިސް އިންތިހާބުގައި ވާދަކޮށް، އަދި ކޮންމެ ދައުރެއްގައި ގޮނޑި ގެއްލޭ ވެސް ފަރާތެއް ކަމަށެވެ.

މުސްތަފާ ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ހޯދައި ދެވޭނީ މަޖިލިސް މެމްބަރުންނަށް އޭނާއަކީ މެމްބަރެއްކަން އެނގިގެން ކަމަށެވެ. އަދި މެމްބަރުންނަކީ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގެ ޒިންމާ ބޮލުގައި އަޅައިގެން ތިބި ބައެއް ކަން ދަންނަންޖެހޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މަޖްލިސް މެމްބަރަކަށް ވިޔަސް ރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރިމަތިލާން ޖެހޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ކުރިމަތިލުމުގެ ހިތްވަރާއި ކެރުމާއި ކުރިމަތިލުމުގެ ޤާބިލުކަން މަޖިލީހުގެ މެމްބަރެއްގެ ގައިގައި ހުންނަންޖެހޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހަމަ މަގުން ކައްސާލައިފިނަމަ ރައީސް ޔާމީނާއި ދެކޮޅަށް ތެދުވިހެން، ތެދުވުމުގެ ޤާބިލުކަން ހުންނަންޖެހޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް 12 މެންބަރުންނަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މެންބަރުން އުޅުއްވަނީ ޕްރައިމަރީ ނޫނީ ވޯޓު ދެކެ ބިރުން ކަމަށާއި "ތަބަކަށްލާފައި" ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ހިލާފު ކަމެއް ކަމަށް މީހުން ދަނީ ބުނަމުންނެވެ.

މަޖްލިސް ޓިކެޓްގެ މައްސަލައިގައި 12 މެމްބަރުންނަށް ފާޑު ކިޔުން އަމާޒްވިޔަސް އެ ފާޑުކިޔުންތަކާ ގުޅިގެން މިހާތަނަށް ރައްދު ދެއްވާފައިވަނީ މުސްތަފާ އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
13 ނޮވެންބަރ 2018 | އަންގާރަ 19:54
Gondi kokko
މުސްތަފާ އަކީ އެމްޑީޕީ ޓިކެޓުގައި ހޮވި ހުވާނުކުރެވެނީސް ޕާޓީ އަށާއި ރައްޔިތުންނަށް ޣައްދާރުވެ ޕާޓީ ބަދަލު ކުރެއްވި ބޭފުޅެއް. މިފަދަ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ހެޔޮނުވާނެ.