ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 15:46
ރައްޔިތުންގެ މަޖްލީހުގެ ނައިބުރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖްލީހުގެ ނައިބުރައީސް ރީކޯ މޫސާ މަނިކު
މުހައްމަދު ޝަރުހާން
ރީކޯ މޫސަ
ނަޝީދާއި މައުމޫނާ އެކު މަސައްކަތެއް ނުކުރާނަން: ރީކޯ މޫސާ
މައުމޫނާ މެދު ހިތް ސާފު ކަމަށް ވިދާޅުވި
ނަޝީދުގެ ފަރާތުން އިބޫއަށް އުދަނގޫވާނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަދި ރައީސް މުޙައްމަދު ނަޝީދާ އެކު ސިޔާސީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "އަވަސް" އިން ގެނެސްދޭ "އަވަސް ހުކުރު" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ އެ ރައީސުން މަސައްކަތްކުރައްވާ ސިޔާސީ ޕާޓީއެއްގައި ވެސް ނުހުންނަވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ ރައީސް މައުމޫނާ އެކު ސިޔާސީ މަސައްކަތެއް ނުކުރެއްވިޔަސް އޭނާގެ ހިތް މިހާރު މައުމޫނާ މެދު ސާފު ކަމަށެވެ. އަދި ރައީސް މައުމޫން ވެސް ޖަލުގެ އަނިޔާ ތަޖްރިބާ ކުރައްވައިފި ކަމަށާއި ގަބޫލު ކުރައްވާ ގޮތުން މައުމޫން ހުންނަވާނީ ތައުބާވެފަ ކަމަށް މޫސަ ވިދާޅުވިއެވެ.

ނަޝީދާ މެދު ވެސް ޒާތީ މައްސަލައެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތައް ބަލައިނުގަނެވޭތީ އެމަނިކުފާނާއި އެކުވެސް އޭނާ ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ އާއި ރައީސް ނަޝީދަކީ އެމްޑީޕީގެ ލީޑަޝިޕްގައި ވަރަށް އެކީގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ފަހުން ހިޔާލު ތަފާތުވެ މިހާރު އެއީ ސިޔާސީ ދެ ވާދަވެރިންނެވެ.

މޫސަ ވިދާޅުވި ގޮތުގައި ނަޝީދު ގެންގުޅުއްވާ "ތިމާ އަމިއްލައަށް އައިއޭމް ދަ މޭން" ވިސްނުމުގެ ސަބަބުން އެމްޑީޕީގެ ތެރެއިން އެތައް ބަޔަކަށް ނުކުންނަން ޖެހުނެވެ.

މިހާރު ވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) އަށް ސަރުކާރެއް އުފެއްދުމަށް އެހީވުމުގެ ބަދަލުގައި އިބޫއަކީ އެމަނިކުފާނުގެ "ބޯއީއެއް" ކަމަށް ދައްކަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށް މޫސަ ތުހުމަތުކުރެއްވި އެވެ.

"މިއަދު ނަޝީދު ކުރައްވަން ޖެހޭ ކަންތައްތައްތޯ އެ ކުރައްވަނީ، ތަންތަނަށް ވަޑައިގެން އަތް ހޫރުވާ، ދެ ވެރިން އުޅޭ ގޮތަށް މިއުޅެނީ، އެކަމަކު ހޮވިވަޑައިގެންފަ ހުރީ އިބްރާހިމް މުހައްމަދު ސޯލިހު، މަސައްކަތް އެ ކުރައްވަނީ ސަރުކާރެއް ގާއިމް ކުރަން، އިހަށް ރައީސް ނަޝީދު މަޑުކޮށްލަންވީ ނޫންތޯ ސަރުކާރެއް ގާއިމުވެ ހަމައަކަށް އެޅެންދެން،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވި ގޮތުގައި އިންތިޚާބީ ރައީސް ސޯލިހަކީ އޭނާގެ ގާތް އެކުވެރިއެކެވެ. ނަމަވެސް ސޯލިހުގެ ސަރުކާރެއްގައި މަސައްކަތް ކުރުމާއިމެދު މޫސަ ސީދާ ޖަވާބެއް ނުދެއްވައެވެ.

މޫސަ ވިދާޅުވިީ ކޯލިޝަންގެ ތެރެއިން، ހާއްސަކޮށް ރައީސް ނަޝީދުގެ ފަރާތުން ބޮޑެތި އުނދަގޫތައް އިބޫގެ ވެރިކަމަށް ކުރިމަތިވާނެ ކަމަށާއި ނަމަވެސް އިބޫއަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށެވެ. މިހާރު ރާއްޖޭގައި ހުންނެވި އެންމެ މަޝްހޫރު ބޭފުޅަކީ ވެސް އިބޫ ކަމަށް މޫސަ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 ނޮވެންބަރ 2018 | ހޮނިހިރު 06:19
ރައްޔިތު
ނަސީދް ރަށްރަށްގޮސް އެއުޅުއްވަނީ އެބޭފުޅާއަށް ތާއީދުކުރާ ެބޭފުލާދެކެ ލޯބިވާ ރައްޔިތުންނާ ބއްދަލްކުރަން
9 ނޮވެންބަރ 2018 | ހުކުރު 13:56
ޙާ. ފާފު
މޫސަގެ ހިޔާލަށް ވަރަށް ބޮޑަށް ތާޢީދު ކުރަން
9 ނޮވެންބަރ 2018 | ހުކުރު 11:42
މުރާސިލު
މޫސަ ތިއުޅެނީ ނުބައިނިޔަތެއް އޮވެގެން ފަނިކުރަން ޝައްކެއްނެތް ބޭނުންހާއެއްޗެއް ދެންވެސް ހަމަ ނުހެދޭނެ!
9 ނޮވެންބަރ 2018 | ހުކުރު 11:42
މުރާސިލު
މޫސަ ތިއުޅެނީ ނުބައިނިޔަތެއް އޮވެގެން ފަނިކުރަން ޝައްކެއްނެތް ބޭނުންހާއެއްޗެއް ދެންވެސް ހަމަ ނުހެދޭނެ!
9 ނޮވެންބަރ 2018 | ހުކުރު 11:42
ށ
ހަހާ ރީކޯ އެއުޅުއްވަނީ ހަމަ ޖޭ ވެގެން.ހިތުން އިބޫއާ އައްނި އާ ޖައްސަން