ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 14:52
މާލެ އަށް ބޯކޮށް ވާރޭ ވެހުން
މާލެ އަށް ބޯކޮށް ވާރޭ ވެހުން
މުހައްމަދު ޝަރުހާން
ރާއްޖެ މޫސުން
ރާއްޖޭގެ ބައެއް ރައްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް
އެކި ހިސާބުތަކަށް ކަނޑު ގަދަވާނެ

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް އަދި ބައެއް ރައްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ޑިޕާރޓްމެންޓް އޮފް މިޓިއޮރޮލޮޖިކަލް ސާރވިސް (މެޓްއޮފިސް) އިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރައްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އެގޮތުން ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދު ބާރު މިނުގައި އަދި މެދު ތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފިހުން ބުނެއެވެ. އަދި ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެ ވިލާ ގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ނިމިދިޔަ ހަފްތާގައި ބޯކޮށް ވާރޭ ވެހިފައިވެއެވެ. އެގޮތުން މާލެ އާއި އައްޑޫ ސިޓީގައި ފެން ބޮޑުވެ ގެއްލުންތަކެއް ވަނީ ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް