ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 12:11
ސިނަމާލެ ބްރިޖް
ސިނަމާލެ ބްރިޖް
ޓްވިޓަރ
ނުރައްކާތެރި އެކްސިޑެންޓް
ބުރިޖުން އިދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ
މި ހާދިސާގައި ދެ މީހުނަށް ވަނީ އަނިޔާވެފައި

ހުޅުމާޅެ އިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.

 ފުލުހުން ބުނީ މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ހުޅުލެ ކައިރިން ދެ ލޭން ވަކިކުރަން ވައިޓް ފެންސް ޖަހާފައިވާ ހިސާބުން ވަންވޭއާ އިދިކޮޅަށް މާލެއިން ހުޅުމާލެއަށްދާ ލޭނުން ދުއްވާފައި ދަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓިގެން ކަމަށެވެ.

މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހުކުރު ދުވަހު ހެނދުނު 07:30 ހާއިރު ކަމަށާއި ސައިކަލް ދުއްވަން އިން 23 އަހަރުގެ މީހާ އަށާއި ފަހަތުގައި އިން 17 އަހަރުގެ ކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ.

މި ދެ މީހުނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެ ދެ މީހުންނަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށާއި  ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ހޮސްޕިޓަލަށް ގެންދުވުނު 17 އހަރުގެ ކުއްޖާއަކީ މާލޭ ކުއްޖެއް ކަމަށާއި އޭނާގެ ފައިގައި ރެނދުލާފައިވާ ކަމަށެވެ.

އަދި 23 އަހަރުގެ މީހާއަކީ ބ. ތުޅާދޫ މީހެއް ކަމަށާއި އޭނާގެ ބޮލަށް ގެއްލުން ވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް