ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 11:45
ބަންޑުން ޖަހައިލި ލޯންޗަށް ފުލުހުން އެހީތެރިވަނީ
ބަންޑުން ޖަހައިލި ލޯންޗަށް ފުލުހުން އެހީތެރިވަނީ
ޕޮލިސް
ކަނޑުމަތީގެ ހާދިސާ
ލޯންޗެއް ބަންޑުން ޖަހާލައިގެން ފުލުހުން އެހީތެރިވާން ފަށައިފި
ފުލުހުން ދަނީ ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުން

ނ. ރޮބިންސަން ރިސޯޓުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމަތު ފުލުހުންނަށް ލިބިފައި ވަނީ ހުކުރު ދުވަހު ހެނދުނު ކަމަށާއި އެވަގުތު ލޯންޗުގައި ތިބީ ތިން މީހުން ކަމަށެވެ.

ފުލުހުން ބުނީ ލޯންޗްގައި ތިބި ތިން މީހުން އެ ސަރަހައްދުން ދިޔަ އެހެން ލޯންޗަކުން ނަގާފައިވާ ކަމަށާއި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. 

މި ލޯންޗު ބަންޑުން ޖަހާލާފައި ވަނީ ނ. ފޮއްދޫ އާއި ރ. އުނގޫފާރާ ދޭތެރެއަށް ކަމަށާއި ލޯންޗު ކަފުޖަހައިގެން ރ. އަތޮޅަށް ގެންދިއމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް