ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 17:27
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާގައި އިލްޔާސް ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލް އާއިއެކު
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާގައި އިލްޔާސް ރައީސް އިބޫ އަދި ނައިބު ރައީސް ފައިސަލް އާއިއެކު
ރާއްޖެ އެމްވީ
އައްޝައިޚް އިލްޔާސް ހުސެއިން
ޕާޓީ ބަދަލުކުރިޔަސް ކޮރަޕްޝަންގެ މައްސަލަތައް ބެލެން ޖެހޭނެ: ޝައިޚް އިލްޔާސް
އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެ
އެހެން ނޫންނަމަ ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ

ޕާޓީ ބަދަލުކުރި ކަމުގައިވިޔަސް ކޮރަޕްޝަން އަދި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އިންސާފުވެރި ގޮތަކަށް ބެލެން ޖެހޭކަމަށް ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ. 

އިންތިޚާބު ކާމިޔާބުކުރި ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ޝައިޚް އިލްޔާސް ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެކަމަށެވެ. އަދި އެހެން ނޫންނަމަ ޤައުމަށް ދުވަހަކުވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެކަމަށް އިލްޔާސް ވިދާޅުވިއެވެ. 

ޝައިޚް އިލްޔާސް މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ ނިމިދިޔަ ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރެއްގައިވެސް މަޤާމު ދިފާޢުކުރުމުގެ ބޭނުމުގައި ނުވަތަ ކޮރަޕްޝަންގެ ތުހުމަތުތަކުން ބަރީޢަވުމަށް ރައީސް ސޯލިޙަށް ތާޢިދުކުރަމުންދާކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ރައީސް ސޯލިޙްވެސް އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި ގުޅިފައިވާ އެހެން ޕާޓީތަކުންވެސް ބުނަމުންދަނީ ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިވެފައިވާ އެއްވެސް މީހަކާއި ޑީލެއް ނަހަދާނެކަމަށެވެ. އަދި އަދަބު ލިބެން ޖެހޭ އެންމެންނަށްވެސް އަދަބު ލިބޭނެކަމަށް ކެމްޕޭން ތެރޭގައިވެސް ދިޔައީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް