ކ. މާލެ
|
9 ނޮވެންބަރ 2018 | ހުކުރު 06:58
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ދެނީ
ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތް ދެނީ
މުހައްމަދު ޝަރުހާން
މާލޭގެ ކުނީގެ މައްސަލަ
ޤަވާޢިދާއި ޚިލާފަށް ކުނި އުކާލާ ފަރާތްތަކަށް ކުނިކޮށި ބަންދުކުރަނީ
މި އުޞޫލަށް އަމަލުކުރަން ފަށާނީ އަންނަ ޑިސެމްބަރުން ފެށިގެން

ކުނި މެނޭޖްކުުރުމާއި ބެހޭ ޤަވާޢިދާއި ޚިލާފަށް ކުނި އުފުލުމުގެ ޚިދުމަތްދޭ ފަރާތްތަކަށް މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ޚިދުމަތް ދިނުން ހުއްޓާލާނެކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައިވަނީ ގޭބިސީތަކާއި ވިޔަފާރިތައް އަދި އެކިއެކި މުއައްސަސާތަކާއި ހޮޓާ، ރެސްޓޯރަންޓްފަދަ ތަންތަނުގައި އުފެދޭ ކުނި އުފުލާ ފަރާތްތަކާއި ކޮންމެ ދުވަހަކު އާއްމުކޮށް ކުނި އުފުލުގެ ޚިދުމަތްދޭ ކުލީ އުޅަނދުތަކުން އެމަސައްކަތްކުރުމަކީ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާޢިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން ޚިދުމަތް ދިނުން މިމަހުން ފެށިގެން ހުއްޓާލާނެކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މާލޭގައި މިހާރު ކުނި އުކާލެވޭ ހަމައެކަނި ތަނަކީ މާލޭގެ ހުޅަނގު ކޮޅުން، ސިނާޢީ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެވެ. އެތަނުން ކުނި ނައްތާލަން ގެންދަނީ ތިލަފުއްޓަށެވެ.

ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް މިދިޔަ އަހަރުން ފެށިގެން ބިދޭސީން ބައިސްކަލުގައި ކުނި އުކާލަން ގެންދިޔުން މިހާރު ވަނީ ހުއްޓުވާފައެވެ. އެހެންނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން ކުނި އުކާލުމުގެ ޚިދުމަތް އަމިއްލަ ޕިކަޕްފަދަ ވެހިކަލްތަކުގައި ދެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް