ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 11:10
އުމަރު ނަސީރު ވިދާޅުވަނީ ނަޝީދުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް
އުމަރު ނަސީރު ވިދާޅުވަނީ ނަޝީދުގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް
ގޫގުލް
އުމަރު ނަސީރު
ނަޝީދު ބޭނުންވިޔަސް ބަރުލަމާނީއެއް ނުގެނެވޭނެ: އުމަރު ނަސީރު
ބަރުލަމާނީ ނިޒާމާއި ދެކޮޅަށް ދިވެހިން ތެދުވާނެ ކަމަށް ވިދާޅުވި
ބަރުލަމާނީ ނިޒާމަށް ކުރިން ވެސް ނޫނެކޭ ބުނެފައިވާކަން ފާހަގަކުރެއްވި
ރައީސް ނަޝީދު ވިދާޅުވަނީ އެއީ އެމަނިކުފާނުގެ ޚިޔާލާ ފިކުރު ކަމަށް

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ވިޔަ ނުދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ބުނާ ވެރިކަމެއް ބާއްވަން ކަމަށެވެ.

ބަރުލަމާނީއަށް ކުރިންވެސް ދިވެހިން ނޫނެކޭ ބުނެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ރާއްޖޭގައި ވިއްކޭނެ ނިޒާމެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ކުރައްވާ މަސައްކަތަކީ ނުވާނެ ކަމެކެވެ. އަދި އެކަމާއި ދެކޮޅަށް އެތައް ދިވެހިންނެއް ތެދުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ޗަލެންޖަކީ ރައީސް ނަޝީދު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި މިހާރުވެސް އެ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ދެން ދުވަހަކަށްފަހު ދުވަހެއް ދާނީ ގޯސްވަމުން ކަމަށާއި އެގޮތުން ނަޝީދު ރާއްޖެ ވަޑައިގެންނެވި ގޮތަށް ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދެއްކުމަކީ އެކަމުގެ އަލާމާތެއް ކަމަށް އުމަރު ވިދާޅުވިއެވެ.

ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހިޔާލަކީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމާއި އެއީ ދިވެހިންނަށް އެންމެ ފައިދާ ހުރި ނިޒާމް ކަމަށެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހެއް، އެކަމަކީ ވަކި އިރެއްގައި އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން، އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި ސާފު ގޮތުގައި ވެރިކަން ހިންގުމަށް ހަމަޖެހޭ ނިޒަމަކީ ބަރުލަމާނީ ނިޒާމެއް، އެއީ އަޅުގަނޑުގެ ހިޔާލާއި ފިކުރު" ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ރާއްޖޭގައި ތައާރުފު ކުރުމަށް ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
9 ނޮވެންބަރ 2018 | ހުކުރު 09:36
ގޮބޮޅިބެ
Is he still around? Who wastes his time getting an interview from this person.
9 ނޮވެންބަރ 2018 | ހުކުރު 04:25
KAku
rayyitun beynun veema hunnaane.Umaru gaboolu nukurias.
9 ނޮވެންބަރ 2018 | ހުކުރު 01:14
އަހުމަދު ނިޙާން
މި ޢުމަރަކީ ރައީސްދާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭމީހެއް މިޢީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއްހުރި މީހެއްނޫން އަދި ޢުމަރަކީ ރައީސް ނަޝީދާއި ދެކޮޅަށް ބަޣާވާތްކުރި ބާޣީއެއް އަދި ޖަލަށް ޔާމީނާއި އެކީ ވަންނަންޖެހޭ މީހެއް، ކާކުތަ މީނަގެ ވާހަކަ އަޑުއަހާނީ،
8 ނޮވެންބަރ 2018 | ބުރާސްފަތި 21:43
ތަސީސް
ފަނަރަސަތޭކަ މީހުންގެ ސޮއި ނުލިބުނު މީހަކު، ރާއްޖޭގެ އެންމެ ތާޢީދު ބޮޑު ލީޑަރު ކުރަން އުޅޭ ކަންތައް ކާމިޔާބު ވިޔަކަ ނުދޭނަމޭ ބުނީމާ އަންނަނީ ހިނި.