ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 09:57
ފޮރިންގ މިނިސްޓްރީ
ފޮރިންގ މިނިސްޓްރީ
މުހައްމަދު ޝަރުހާން
ޖިންސީ ފުރައްސާރަ
މިނިސްޓްރީގެ އިސް ވެރިއަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު
މައްސަލަ ދަނީ ތަހުގީގު ކުރަމުން

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެމިނިސްޓްރީން ބަލަންފަށައިފިއެވެ.

ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް ބުރާސްފަތި ދުވަހު ޝަކުވާ އެއް ހުށައެޅިފައިވާ ކަމަށެވެ. އަދި އެ ކޮމިޓީއިން މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ އަށް އެއްވެސް ޖާގައެއް ނުދިނުމަށާއި، މިނިސްޓްރީގެ ހުރިހާ މުއައްޒަފުން މިފަދަ ފުރައްސާރަ އިން ރައްކާތެރިކުރުމުގެ ގޮތުން، މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިކަން ކުރުމަށް ޤާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން މިހެން ބަޔާންކޮށްފައިވާ އިރު އެމިނިސްޓްރީގެ ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ ސޯޝަލް މީޑިއާގައި އެވާހަކަތައް ވަނީ އާންމުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
11 ނޮވެންބަރ 2018 | އާދީއްތަ 08:21
ކޮބާހީވޭ
ތިމީހާޔަކީ ސީދާ މިނިސްޓަރުކަން އެހެން ނޫސްތަކުން އެނގެން އެބަހުއްޓެވެ. ތިކަމަކީ ރައީސް އޮފީހުން ނޫނީ ޖެންޑަރުން ބަލާކަހަލަ ކަމެއް ނޫނެވެ. ގާނޫނާ ހިލާފު މައްސަލަތައް ބަލަން ޖެހޭނީ ސީދާ ފުލުސްއޮފީހުންނެވެ. އިހްތިޔާރީ ގޮތަކަށް ވެސް ނޫނެވެ. ރައީސް އޮފީހަކުން ތިކަމެއް ނުބެލޭނެއެވެ. ތިބުނާ މިނިސްޓަރަކީ ބޭރޫތުގައި ރައީސް ޔާމީނާއެކީ ކިޔަވަން އުޅުނު ދަރިވަރެކެވެ. ވަރަށް ގާތް ރަހުމަތްތެރިކަމެއް އެދެފަރާތްދެމެދުގައި އޮވެއެވެ. ބޭރޫތުގައި ރައީސްޔާމީނުގެ 'ކްލިކް' ގައި ހިމެނޭ ގުރޫޕުގައި މީނާ ހިމެނެއެވެ. އެހެންވީމާ ރައީސްއޮފީހުން މައްސަލަ އޮއްބާލާނީއެވެ. މައްސަލައިގައި ހިފައިފިއްޔާ ބޭރޫތުގެ ސިއްރުތަކެއްވެސް ފަޅާއަރާފާނެއެވެ.