ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 10:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މާދަމާ ވަޑައިގަންނަވާނީ ދިއްދޫއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މާދަމާ ވަޑައިގަންނަވާނީ ދިއްދޫއަށް
އަންޖު
ރައީސް ނަޝީދު
ރައީސް ނަޝީދު މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ
ނަޝީދު އެނބުރި ވަޑައިގަންނަ ވާނީ ހޮނިހިރު ދުވަހު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުކުރު ދުވަހު ހއ. ދިއްދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. 

އެމަނިކުފާނު ހުކުރު ދުވަހު ދިއްދޫއަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. ދިއްދޫ އަށް ވަޑައިގެން އެރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން، ރާއްޖެ އިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު ރާއްޖެ އަށް ވަޑައިގެންނެވީ ދެ އަހަރާއި ނުވަ މަހާއި 14 ދުވަސް ފަހުންނެވެ. ގިނަ ދުވަސްތަކަކަށް ފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމުން، މާލެއިން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މާލެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫ ސިޓީއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށްފަހު އެމަނިކުފާނު ބުރާސްފަތި ދުވަހު މާލެ ވަޑައިގަންނަވާނެއެވެ.

ދިއްދޫ އަކީ އެމްޑީޕީ އާއި ރައީސް ނަޝީދަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ރާއްޖޭގެ ގިނަ ރައްތަކަކުން ރައީސް ނަޝީދު އެ ރަށްރަށަށް ވަޑައިގަތުމަށް އެދެމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްރަށަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. އެހެން ނަމަވެސް އެ ދަތުރުފުޅުތަކާ ބެހޭ ތަފްސީލު އަދި ހާމައެއް ނުކުރެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް