ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 13:08
ދިއްފުށި
ދިއްފުށި
ގޫގުލް
ދިއްފުށީ ނަރުދަމާ
ދިއްފުށީގެ ފެނާއި ނަރުދަމާ 50 އަހަރަށް ހިންގައިނެ ފަރާތެއް ހޯދަނީ
22000 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ހަމަޖެހިފައިވޭ
ވިޔަފާރިއަށް ބިން ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ

ދިއްފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް 50 އަހަރަށް ހިންގައިދޭނެ ބަޔަކު ހޯދަން އެރަށުގެ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ދިއްފުށީ ކައުންސިލް މެންބަރު އިބްރާހިމް ސާޖިދު ވިދާޅުވީ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާކޮށްގެން ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ފެނާނަރުދަމާގެ ހިދުމަތް ދިނުމުގައި ރަނގަޅު ފެންވަރަކަށް ރަށުގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބަޔަކު ބޭނުންވާ ކަމަށާއި އެ މަސައްކަތް ކޮށްދިނުމަށް އިއުލާނުކުރީ އެ ބޭނުމުގައި ކަމަށެވެ.

މިކަން ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް 22000 އަކަފޫޓުގެ ބިމެއް ލިބިގެންދާނެ ކަމަށާއި 50 އަހަރަށް ނަމަވެސް ކޮންމެ ފަސް އަހަރަކުން ބިމުގެ އަގަށް ބަދަލު އަންނާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ފުރަތަމަ ފަސް އަހަރު ބިމުގެ ކުއްޔަށް 22000ރ. ދޭންޖެހޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

މި މަސައްކަތް ކުރުމަށް އާންމުކޮށް ހުޅުވާލި ނަމަވެސް ހަތަރު ތަނެއްގެ ނަން ވަނީ ބިޑަށް ހުޅުވާލި އިއުލާނުގައި ހާމަކޮށްފައެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އާއި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނާއި އަލްޓެކް މޯލްޑިވްސްގެ ނަން އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 12 ވަނަ ދުވހު ބާއްވާ ބިޑް ހުށަހެޅުމުގެ މީޓިންއަށް ވަޑައިގަތުމަށް ކައުންސިލުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް