ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 12:51
އާމާލް އަލީ
އާމާލް އަލީ
ރާއްޖެއެމްވީ
ޑރ. އާމާލް އަލީ
ގައުމު ރަނގަޅަށް ބައްޓަން ވާނީ ޓީޗަރުންނަކީ މުހިއްމު ބައެއް ކަމަށް ދެކިގެން: ޑރ. އާމާލް އަލީ
ތަރައްގީގައި ޓީޗަރުންގެ ދައުރު ބޮޑު
ޓީޗަރުންނަކީ ކޮންމެ ދާއިރާއެއްގެ ފެށުން

ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަނެ ރަނގަޅު މުޖުތަމައެއް ބައްޓަން ކުރެވޭނީ ޓީޗަރުންނަކީ މުހިއްމު ބައެއް ކަމަށް ދެކިގެން ކަމަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޑރ. އާމާލް އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާމާލް ވިދާޅުވީ މުޖުތަމުގެ ބިންގާ އެޅެނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށެވެ. މުޖުތަމައު އާރާސްތު ވަނީ ޓީޗަރުން ބައްޓަންކުރާ ބައެއް މުޖުތަމައު ތެރެއަށް ވެއްދުމުން ކަމަށާއި ތަރައްގީގައި ޓީޗަރުންގެ ދައުރު ބޮޑު ކަމަށް އާމާލް ވިދާޅުވިއެވެ. ޓީޗަރުންނަކީ ކޮންމެ ދާއިރާއެއްގެ ފެށުން ކަމަށްވާއިރު ޓީޗަރުންނަށް ލިބެންޖެހޭ މުސާރަ އެހެން މުއައްސަސާތަކަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް އާމާލް ވިދާޅުވިއެވެ.

"ޓީޗަރުންގެ ސެލަރީ ރަނގަޅުވެ ޓީޗަރުންގެ މުޖުތަމައުގެ ބައެއް ކަމަށް ބަލާ ޓީޗަރުންގެ ސަބަބުންކަން އަދި މީޑިއާއަށް ޓްރެއިންކޮށްދިން ކަމުގައި ވީނަމަވެސް އަދި ރައީސްކަމަށް ޓެރެއިން ކޮށްދިން ކަމުގައި ވީނަމަވެސް އަދި ދައުލަތުގެ އެހެން ވަޒީފާތަކަށް ވީނަމަވެސް ޓްރެއިނިން އަދި ތައުލީމު މިއަންނަނީ ޓީޗަރުންގެ ކިބައިން ކަމަށްވަންޏާ ޓީޗަރުން ނިކަން އާރޯ ރަނގަޅު ބައެއްގެ ދަށުންނޭ ދެން އަނެއްބަޔަކު ތަމްރީނު ކުރެވޭނީ. އެހެންވީމާ އެންމެ މުހިއްމު ކަމެއް މި މުހިއްމު ބަޔަކަށް އުޅުނިއްޔާއޭ ގައުމު ބައްޓަން ވާނީ," އާމާލް ވިދާޅުވިއެވެ.

އާމާލް ވިދާޅުވީ ރާއްޖެއިން ބޭރުން ކިޔަވައިދިނުމަށް އަންނަ ޓީޗަރުންނަކީ ހަޔަރ އެޑިއުކޭޝަން އިން ގަބޫލުކުރާ ފެންވަރުގެ ޓީޗަރުންނަށް ވުން މުހިއްމު ކަމަށެވެ. ޕްރައިމަރީ އަދި ސެކެންޑްރީ ސްކޫލުތަކަށް ކިޔަވައިދޭ ޓީޗަރުން ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ޔުނިވަރސިޓީތަކަށް ދާކަން ފާހަގަ ވެފައިވާ ކަމަށާއި ހަމަ އެގޮތަށް އެއް ކޮލެޖަށް ވުރެ ގިނަ ކޮލެޖްތަކުގައި ޓީޗަރުން ކިޔަވައިދޭކަން ފާހަގަވާ ކަމަށް އާމާލް ވިދާޅުވިއެވެ. ތައުލީމީ ދާއިރާގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވާ އާމާލް ވިދާޅުވީ އެ ކަންތައްތަކަށް ސަމާލުކަންދީ އަދި މީހުން ބިނާކުރުމުގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތަކަށް ރަނގަޅުކުރުމަށް ސަރުކާރުން ބާރު އަޅަން ޖެހޭ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 ނޮވެންބަރ 2018 | ބުރާސްފަތި 10:12
Abdulla ilyas
That's true dear amaal we all want our kids to be grow in a good society for that we need good education better living