ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 09:53
ރައީސް ނަޝީދު އަޑޫގައި ވާހަކަ ދައްކަވަނީ
ރައީސް ނަޝީދު އަޑޫގައި ވާހަކަ ދައްކަވަނީ
އަންޖު
ރައީސް ނަޝީދު
އައްޑޫގައި ތަރައްޤީގެ ބޭންކެއް ޤާއިމް ކުރާނަން: ރައީސް ނަޝީދު
އާ ސަރުކާރުގައި އެކަން ކުރައްވާނެ

އައްޑޫ ސިޓީގައި ތަރައްޤީގެ ބޭންކެއް ޤާއިމް ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރެއް ކަމުގައިވާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްޤީއަކީ މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައިވާ ސިޓީއެއް ކަމަށާއި މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ވެސް އައްޑޫ ތަރައްޤީ ކުރަންޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އައްޑޫއަށް ތަރައްޤީގެ ބޭންކެއް އަންނަން ޖެހޭ ކަމަށާއި މިމަހު 17 ގައި ފެށޭ އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި އެ ބޭންކް އައްޑޫ ސިޓީގައި ޤާއިމްކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ބޭއްވި ސަރކް ސަމިޓަށް ތައްޔާރު ކުރެއްވި އިކުއިޓޯރިއަލ ކޮންވެންޝަން ސެންޓަރު އުފެއްދެވި ބޭނުން ހިއްސާކުރައްވަމުން އެމނިކުފާނު ވަނީ އެތަން ރޫޅާލުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނާ އެމްޑީޕީއަކީ ވީރާނާކުރާ ނުވަތަ ރޫޅާ ބައެއް ނޫން ކަމަށާއި ބިނާ ކުރައްވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޮންވެންޝަން ސެންޓަރުގައި އަޅާ ހޮސްޕިޓަލް ބަދަލު ނުކުރައްވާނެ ކަމަށާއި އާސަރުކާރުން ކުރައްވާނެ ކަމަކީ އެ މަޝްރޫޢު ބާރަށް ކުރިއަށް ގެންގޮސް ނިންމެވުން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އައްޑޫގެ ތަރައްޤީއާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ދައްކަވާފައެވެ. އަދި ކައުންސިލް ބާރުވެރިކޮށް ކައުންސިލަށް ބާރުތައް ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް