ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 04:55
މިދިޔަ އަހަރު އަހަރު ބޭޢްވި ދިވެހި ފިލްމް އެވޯޑްސް 2016ގެ ހަފްލާގެ ތެރެއިން
މިދިޔަ އަހަރު އަހަރު ބޭޢްވި ދިވެހި ފިލްމް އެވޯޑްސް 2016ގެ ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
ދިވެހި ފިލްމް އިންޑަސްޓްރީ
ދިވެހި ފިލްމް އެވޯޑްސް 2017 ނުބާއްވަން ނިންމައިފި
ފިލްމް އެވޯޑްސް ނުބާއްވަން ނިންމާފައިވަނީ އުސޫލްގައިވާ އަދަދަށްވުރެ މަދު ފިލްމް ހުށަހެޅުމުން

ދިވެހި ފިލްމް އެވޯޑްސް 2017 ނުބާއްވަން ނިންމައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށް ހާއްސަކޮށްގެން 19 ޖުލައި 2018 ގައި ވަނީ ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ކަމަށެވެ.

ނަމަވެސް 30 އޯގަސްޓް 2018 އަށް ފިލްމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ހުށަހަޅާފައިވަނީ 07 ފީޗަރ ފިލްމް ކަމަށާއި މިއަދަދަކީ ދިވެހި ފިލްމު އެވޯޑްގެ އުޞޫލްގައިވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ، 2017 ވަނަ އަހަރު ފިލްމު އެވޯޑް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިއީ ނުވަ ވަނަ ފިލްމް އެވާޑްސް ފެސްޓިވަލެވެ. 

ދިވެހި ފިލްމު އެވޯޑްސްގެ އުޞޫލްގައިވާ ގޮތުން ފިލްމު އެވޯޑް ބާއްވާނީ މަދުވެގެން 13 ފީޗަރ ފިލްމު، 5 ކުރު ފިލްމު އަދި 3 ޑޮކިއުމެންޓްރީ ފިލްމު އެވޯޑަށް ވާދަކުރަންޖެހެ އެވެ. 

ފިލްމު އެވޯޑް ދެން ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ކަމަށާއި އަދި ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްވަރު ފަހުގެ ތާރީޚެއްގައި އިޢުލާން ކުރެވޭނެ ކަމަށް އެންސީއޭ އިން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 ނޮވެންބަރ 2018 | ބުރާސްފަތި 01:05
ޔަސް
ކައްބޯ އިންޑަސްޓްރީ ހުސް ބާ ކުޅަވެއްޓުނު މީހުން ހެހެހެ ކޮން އެވޯޑެއް....