ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 00:05
ރައީސް ނަޝީދު އައްޑޫ ސިޓީގައި
ރައީސް ނަޝީދު އައްޑޫ ސިޓީގައި
އަންޖު
ރައީސް މުހައްމަދު ނަޝީދު
ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫންކަން ރައީސް ނަޝީދު އެގެންދަވަނީ ސާބިތު ކޮށްދެއްވަމުން: މަހުލޫފް
މިވަގުތު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ސަޕޯޓް ކުރަނީ ރައީސް ނަޝީދަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ

ލޯތްބަކީ ގަދަބާރުން ހޯދޭ އެއްޗެއް ނޫންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިފާނަށް ލިބިލައްވަމުން ގެންދަވާ ތާއީދާއި ސަޕޯޓަރުން އެމަނިކުފާނާމެދު ބަހައްޓަވާ ގާތްކަމަށް އިޝާރާތް ކުރައްވާ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވާގޮތުން ނަމަ ރައީސް ނަޝީދަކީ 1 ނަމްބަރު ޓެރަރިސްޓް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަކީ ދިވެހި ރައްޔިތުން އެންމެ ލޯބިވާ ސިޔާސީ ލީޑަރުކަން ސާބިތު ކޮށްދެއްވަމުން ގެންދަވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

2015 ވަނަ އަހަރު ކުރި 13 އަހަރުގެ ޖަލު ހުކުމަށްފަހު، ރައީސް ނަޝީދު ޖަލު ބަންދުގައި ހުންނެވި ނަމަވެސް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހު، ވަނީ އެގައުމުން ސިޔާސީ ހިމާޔާތް ހޯއްދަވާފައެވެ. އޭގެ ފަހުން މިމަހުގެ އެއް ވަނަ ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު މާލޭގެ މަގުތަކަށް ނިކުމެފައި ވެއެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ފުރިހަމަ، އެންމެ ގިނަ މީހުން ބައިވެރިވި މަރުހަބާ ދެންނެވުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

ރައީސް ނަޝީދު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އައްޑޫއިން ފުރާ ވަޑައިގަތުމުގެ ކުރިން އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށާއި އަވަށްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް