ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 22:28
ރައީސް ނަޝީދުގެ ދެކަނބަލުން ހުޅުދޫގައި އެމަނިކުފާނަށް ޚާއްޞަ ކުރެވިފައިވާ އުނދޯލިކޮޅުގައި
ރައީސް ނަޝީދުގެ ދެކަނބަލުން ހުޅުދޫގައި އެމަނިކުފާނަށް ޚާއްޞަ ކުރެވިފައިވާ އުނދޯލިކޮޅުގައި
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އާ ސަރުކާރުން ފުރަތަމަ ކުރައްވާނެ ކަމަކީ ކައުންސިލްތަކަށް ބާރު ދިނުން: ރައީސް ނަޝީދު
ހުޅުދޫން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި
ލާމަރުކަޒީ ނިޒާމްގެ ޤާނޫނަށް ބަދަލު ގެންނާނަން
ރަށްރަށުގެ ކަންކަން އެނގޭނީ ކައުންސިލްތަކަށް

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފުރަތަމަ ކުރައްވާނެ ކަމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތަކަށް ބާރު ދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހުގެރޭ އައްޑޫ ސިޓީ ހުޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގެ ކަންކަން ސިޓީތަކުގެ ކަންކަން ކުރަންޖެހޭނީ އެތަނެއްގެ ކައުންސިލްތަކުން ކަމަށާއި ރައްޔިތުން އިންތިޚާބު ކުރާ އެކައުންސިލަކަށް ވުރެ އެތަނެއްގެ ހާލަތު އެންމެ ރަނގޅަށް އެނގޭނޭ އެއް ބަޔަކީ އެކައުންސިލަރުން ކަމަށެވެ.

އެ ގޮތުން އެތައް ދުވަހަކުއްސުރެ ގެނައި ލާމަރުކަޒީ ނިޒާމް މިވަނީ އެއްކޮށް ހަލާކުކޮށްލާފައި ކަމަށާއި އެނިޒާމް އަލުން ބަލުން ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމަށް ފަހު ކުރައްވާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކައުންސިލްތަކަށް ބާރު ދެއްވުން ހިމެނޭނެ ކަމަށެވެ. 

އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރައީސް ނަޝީދު ހުޅުދޫއށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ހުޅުދޫ ބަނދަރު ސަރަހައްދަށް އެއްވެ އެމަނިކުފާނާ ސަލާމްކޮށް ފޮޓޯ ނަގައި ވަގުތު ހޭދަކޮށްފައި ވެއެވެ. އެކަމަށްޓަކައި ހަދާފއިވާ ކިޔު ނުނިމެނިސް އެމަނިކުފާނު އެ މީހުންނާ ބައްދަލުކޮށް ސަލާމް ކުރުން ނިންމަވާލައްވާފައި ވަނީ މަޣްރިބި ނަމާދު ބަންގި ގޮވުމުން މިސްކިތައް ވަޑައިގަތުމަށެވެ. އެ އަށް ފަހު ދެން އޮތީ ހަރުގޭގައި ރައްޔިތުންނާ ބައްދަލު ކުރެއްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް