ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 19:26
މާފަރު އެއަރޕޯޓް ރައީސް ޔާމީން ހުުޅުއްވައި ދެއްވަނީ. މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން ވަނީ އެދިފައި
މާފަރު އެއަރޕޯޓް ރައީސް ޔާމީން ހުުޅުއްވައި ދެއްވަނީ. މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން ވަނީ އެދިފައި
މުހައްމަދު ޝަރުހާން
މާފަރު އެއާޕޯޓް
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން އަންގައިފި
ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް މަހްރީން ސަސްޕެންޑް ކުރުމަށްވެސް ސީއެސްސީގައި އޭސީސީން ވަނީ އެދިފައި
މާފަރު އެއަރޕޯޓު ހުޅުވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ގައި

ރިޔާސީ އިންތިޚާބާއި ދިމާކޮށް ނ. މާފަރުގައި ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި އެއަރޕޯޓު ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އެންޓިކަރަޕްޝަން ކަމިޝަން، އޭސީސީ އިން ރީޖަނަލް އެއަރޕޯޓަށް އަންގައިފިއެވެ.

އޭސީސީން ބުނީ އެމަސައްކަތް ހުއްޓުވާފައި ވަނީ މާފަރު އެއަރޕޯޓް ދިނުމުގައި ބިޑިން ޕްރޮސެސްގައި ކަރަޕްޝަން އެކުލެވޭ ކަމަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރާތީ ކަމަށެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިން ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އެންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ.

އެމައްސަލައިގެ ތަހުގީގު ތެރެއިން ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އޭސީސީ އިން ސިވިލް ސާރވިސް ކަމިޝަން ގައި ވަނީ އެދިފައެވެ. މަހުރީން ސަސްޕެންޑު ކުރަން އެންގީ މާފަރު އެއަރޕޯޓާ ގުޅިގެން ލިބުނު ޝަކުވާގެ މައްސަލަ އެއް ބަލަމުންދާތީ ކަމަށް އޭސީސީން ބުނެއެވެ. އެހެން ނަމަވެސް މަހްރީން ސަސްޕެންޑް ކުރިކަމެއް އަދި ސާފެއް ނުވެއެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހަދާފައިވާ މާފަރު އެއަރޕޯޓްގައި 2،200 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ. އެއަރޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. މި އެއަރޕޯޓުގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއަރބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މާފަރު އެއަރޕޯޓު ހުޅުވާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް