ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 19:21
ކަސްޓަމްސް އިމާރާތް
ކަސްޓަމްސް އިމާރާތް
މުހައްމަދު ޝަރުހާން
ކަސްޓަމްސް
ގިނަ އަދަދެއްގެ ނަގުދު ފައިސާ ބޭރު ކުރަން އުޅުނު ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ހައްޔަރު ކުރީ އާދިއްތަ ދުވަހު
މި މައްސަލަ ފުލުހުން ދަނީ ބަލަމުން

ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ގިނަ ގައުމުތަކަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފައިސާތަކެއް ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، ނޮވެމްބަރު 04 ވަނަ ދުވަހުގެ 06:30 ހާއިރު ސިންގަޕޫރަށް ފުރަން އުޅުނު ތިން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. އެތިން މީހުންނަކީ އިންޑިއާގެ ތިން ރައްޔިތުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެމީހުންގެ އަތުން ތަފާތު ގައުމުތަކަށް ނިސްބަތްވާ ގިނަ ފައިސާތަކެއް ފެނިފައިވާ އިރު އެއީ ކޮން ގައުމުތަކެއްގެ ފައިސާ އެއް ކަމެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.  

މިކަން ހިނގާފައިވާ ގޮތް ބެލުމަށްފަހު ގަވާއިދުން ދިވެހި ރާއްޖެ އަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ބޭރުކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ފައިސާތައް ހިފެހެއްޓުމަށް ފަހު، އެކަން އިތުރަށް ތަހްގީގު ކުރުމަށްޓަކައި އެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ށ) ގެ ދަށުން، މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާ، ފުލުހުންނާ ހަވާލު ކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.  

މި މައްސަލަ ފުލުހުން ބަލަމުންދާއިރު އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް