ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 20:55
2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާނޫނީ ދާއިރާގެ 34 މީހަކު މަރާލަފައިވޭ
2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގާނޫނީ ދާއިރާގެ 34 މީހަކު މަރާލަފައިވޭ
ރޮއިޓަރސް
ފިލިޕީންސް
ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލެއްގެ ބޮލަށް ބަޑިޖަހައި މަރާލައިފި
ބެންޖަމިން މަރާލާފައި ވަނީ ސައިކަލެއްގައި ދިޔަ ދެމީހަކު

ފިލިޕީންސްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލަކު އެ ގައުމުގެ މެދުތެރޭގެ ރަށެއް ކަމުގައިވާ ނީގްރޯސް އައިލެންޑްގައި ބަޑިޖަހައި މަރާލައިފިއެވެ.

އުއްދަނޑި ހައްދާ ދަނޑުވެރިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބެންޖަމިން ރާމޮސް އަކީ ރައީސް ރޮޑްރިގޯ ޑުޓާޓެ 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން މި ގޮތަށް މަރާލެވުނު ގާނޫނީ ދާއިރާއަށް ނިސްބަތްވާ 34 ވަނަ މީހާއެވެ.

ނޭޝަނަލް ޔޫނިއަން އޮފް ޕީޕަލްސް ލޯޔަރސް އިން ވަނީ ބެންޖަމީން މަރާލުން ކުށްވެރިކުރާކަން ބުދަ ދުވަހު ހާމަކޮށްފައެވެ. އޭނާއަކީ އެ ޖަމާއަތުގެ ނީގްރޯސް އައިލެންޑްގެ ލީޑަރެވެ.

އަންގާރަ ދުވަހުގެ ހަވީރު ބެންޖަމިން މަރާލާފައި ވަނީ ސައިކަލެއްގައި ދިޔަ ދެ މީހެއްގެ ތެރެއިން ފަހަތުގައި އިން މީހާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ބުރަކަށީގައި ތިން ފަހަރަށް އަދި މޭގައި ޖަހާފައި ވެއެވެ.

ނޭޝަނަލް ޔޫނިއަން އޮފް ޕީޕަލްސް ލޯޔަރސް އިން ބުނެފައި ވަނީ ވަކީލުން އެމީހުންގެ ގާނޫނީ މަސައްކަތުގައި އުޅެމުން ދަނިކޮށް މަރަމުންދާ ދިއުމަކީ ހިތްދަތި ހަގީގަތެއް ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި ރާމޯސް އަށް އެތައް ފަހަރަކު މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

 

- ކޮމެންޓް