ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 18:40
ޖޭއެސްސީގެ މެމްބަރު އިބްރާހީމް ރިޒާ (ވ)
ޖޭއެސްސީގެ މެމްބަރު އިބްރާހީމް ރިޒާ (ވ)
މުހައްމަދު ޝަރުހާން
ޖުޑިޝަލް ސާވިސް ކޮމިޝަން
ޖޭއެސްސީގެ މެމްބަރު ރިޒާ ޖަވާބު ދާރީވުމަށް 15 މިނެޓް!
އަންނަ ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ
މައްސަލަ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެއް

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް 15 މިނެޓްގެ ވަގޮތުކޮޅެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ނިންމާފައި ވަނީ އެބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް ހުށަހަޅާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުން އެ މެމްބަރުގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަންކަން ކުރައްވަމުން ނުދާތީ އާއި އަދުލްއިންސާފު ގާއިމުކުރުމުގެ ކަންކަން ހިންގެވުމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ނުދެއްވައި، އަދި ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ ދުނިޔޭގައި އަދުލްއިންސާފުގެ ދާއިރާއަށް ބޮޑެތި ޝައްކުތައް ކުރެވި، އިތުބާރު ގެއްލިފައިވާތީ ކަމަށް މަޖިލީހަށް ހުށަހާފައިވާ އެމައްސަލާގައި ބުނެފައި ވެއެވެ. 

ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދުލްއިންސާފުގެ ދާއިރާ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތު ކުރެވޭއިރު، ރިޒާގެ މައްޗަށް ވެސް ފަނޑިޔާރުންނަށް ނުފުޒު ފޯރުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައި ވެއެވެ. ރިޒާއަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބިފައިވާއިރު، ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމުން ރިޒާ ވަކި ކުރެވިގެން ދިއުމަކީ ގަބޫލު ކުރެވޭ ކަމެކެވެ. 

ޖޭއެސްސީގެ 10 މެމްބަރުން ތިއްބަވައެވެ.

ޖޭއެސްސީއަކީ ކޯޓުތަކާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރެއްވުން އަދި ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަދުލް އިންސާފުގެ ދާއިރާގެ އެންމެ މުހިއްމު އެއް މުއައްސަސާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް