ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 17:17
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު ކާޑުތައް އަދި ފޮނުވާކަށް ނުފަށާ: މަޖިލީހުގެ އިދާރާ
ދައުވަތު ކާޑު ދަނީ ޗާޕް ކުރަމުން
11،500 މީހުންނަށް ދައުވަތު ދޭނެ
ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ ގަލޮޅު ބޯޅަ ދަނޑުގައި

އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ފޮނުވާ ދައުވަތު ކާޑު އަދި ފޮނުވަމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމާއި، އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވަންޖެހޭ ޖަލްސާގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އެ ގޮތުން ދައުވަތު ކާޑުތައް ޗާޕު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކާޑުތައް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.

އިންތިހާބީ ރައީސާއި އިންތިހާބީ ނާއިބު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. އެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު ދޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެ ކުރިން ބުނެފައި ވެއެވެ. 

ހުވާކުރުމުގެ ރަސްމިއްޔާތު ފަށާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:00 ގައެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ ވިދާޅުވެފަ އެވެ. 

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވުމަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް