ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 21:27
ޔޮޓް ޓުއާރސްގެ ވެރިޔާ އަބްދުﷲ ޖާބިރު
ޔޮޓް ޓުއާރސްގެ ވެރިޔާ އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
ޔޮޓް ޓުއާސް
440 މިލިއަން ރުފިޔާ ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި
440 މިލިޔަން ރުފިޔާ ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ މި ދިޔަ ޖޫން މަހު

ދައުލަތަށް 440 މިލިއަން ރުފިޔާ ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް ޔޮޓް ޓުއާރސްގެ ވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 29 މިލިއަން ޑޮލަރު (440 މިލިޔަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލްކޯޓުން މި ދިޔަ ޖޫންމަހު ހުކުމް ކުރީ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމާ ގުޅިގެންނެވެ.

މީގެ އިތުރުން ހއ. ބީނާފުށްޓާއި ހއ. ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.6 މިލިއަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ކުރި ހުކުމް ވެސް އެ ކުންފުނިން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

އެ ދެ މައްސަލައިގައި ލިބެންޖެހޭ ފައިސާތައް ނުދައްކާތީ ޔޮޓް ޓުއާސްގެ އެކައުންޓްތައް މީރާ އިން ފްރީޒްކޮށްފައިވާއިރު، އެކައުންޓްތައް ފްރީޒްކުރުމާ ދެކޮޅަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން އޭރު ހުކުމް ކޮށްފައި ވަނީ އެކައުންޓްތައް ފްރީޒްކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.

އޭރު މީރާއިން ޔޮޓް ޓުއާރސްއަށް އަންގާފައި ވަނީ އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ޖާބިރު ވިދާޅުވީ މިކަމުގެ ސަބަބުން ކުންފުންޏަށް އިއާދާ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

ޔޮޓް ޓުއާސްގެ އެކައުންޓްތައް މިރާއިން ފްރީޒްކޮށްފައި ވަނީ 22 މަރޗް 2017 ވަނަ ދުވަހުއެވެ. މީރާ އިން ޔޮޓް ޓުއަރސްގެ އެކައުންޓްތައް ފްރީޒްކުރުމާއި ގުޅިގެން ޖާބިރު ވިދާޅުވީ ރާއްޖެ އިން މިހާރު ފެނިގެންދަނީ ޓޫރިޒަމް މިނިސްޓަރުގެ ފޯން ކޯލަކުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިޔަފާރިވެރިންގެ ކުންފިތަކުގެ އެކައުންޓް ފްރީޒް ކޮށްލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި އެދޭ ތަން ކަމަށާއި އެތައް ސަތޭކަ މުވައްޒަފުންނެއް ގެންގުޅޭ ކުންފުނިތަކުގެ އެކައުންޓް ފްރީޒްކޮށްލުން އެހާ ފަސޭހަ ކަމަކަށް ހަދާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް