ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 13:21
އެމްވީ ބޮންތި
އެމްވީ ބޮންތި
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް ކޯސްޓްގާޑް
ބޮންތި ބޯޓާއި ހަމައަށް އެމްއެންޑީއެފްގެ ޑައިވަރުންނަށް ދެވިއްޖެ، އެންމެންގެ ހާލު ރަނގަޅު
ބޯޓް ހާލުގައި ޖެހިފައިވަނީ ކުޅުދުއްފުއްޓާ 188 މޭލު ބޭރުން ބޯޓުގެ ބުރަފަތީގައި ވަލެއް އޮޅިގެން

އިންޑިއާއިން ފުރައިގެން ރާއްޖެއައުމަށް ދަތުރު ކުރި އެސްޓީއޯގެ ބޯޓެއްކަމަށްވާ ބޮންތި2 އޮތް ސަރަހައްދަށް ކޯސްޓްކާޑްގެ ޑައިވަރުންނަށް ދެވިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާތްގަނޑަކަށް 11 ގަޑިއިރު ދަތުރުކުރުމަށް ފަހު ކޯސްޓްގާޑްގެ ޑައިވަރުން ދަތުރު ލޯންޗަށް ބޮންތި2 ބޯޓަށް ދެ ވުނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށެވެ. 

މާގަނޑުން ދަތުރުކުރަމުން އަންނަނިކޮށް ބުރަފަތީގައި ވަލެއް އޮޅި ހާލުގައި ޖެހުނު ބޯޓްގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ބޯޓް ހާލުގައި ޖެހުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 14:10 ހާއިރު އެވެ. އެ ބޯޓަށް އެހީތެރިވުމަށް އެމްޓީސީސީގެ ލޯންޗެއްގައި ކޯސްޓްގާޑްގެ ޑައިވަރުން ފުރީ އަންގާރަ ދުވަހުގެ ރޭ 22:18 ހާއިރެވެ. 

އެމްއެންޑީއެފް ބުނި ގޮތުގައި އިންޑިއާ އިން ފުރައިގެން މާލެ ދަތުރުކުރި އެ ބޯޓް ހާލުގައި ޖެހިފައިވަނީ ކުޅުދުއްފުއްޓާ 188 މޭލު ބޭރުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް