ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 13:20
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ވެރިކަމުގެ ބާރުތައް ދޫކުރައްވަން 10ދުވަސް: ޒިންމާ ނެންގެވުމުގައި އަވަދިނެތި!
ރައީސްގެ ހައިސިއްޔަތުން ނަންގަވަންޖެހޭ ޒިންމާތައް ނަންގަވަމުން ދަނީ

ވެރިކަމުގެ ބާރުތައް ދޫކުރައްވަން 10 ދުވަހަށްވެފައިވާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔާުމް މިވަގުތުވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރެއްވުމުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ރައީސް އޮފީހުގެ ސްޕޯކްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

 ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ އެންމެ ފަހު 10 ދުވަހު އެ މަނިކުފާނު ކުރައްވަމުން ގެންދަވަނީ ކޮން މަސައްކަތްތަކެއްތޯ ރާއްޖެ އެމްވީއިން ސުވާލު ކުރެއްވުމުން މުއާޒު ވިދާޅުވީ ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނާއި ހަވާލުވެވަޑައިގެންފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ފަހު 10 ދުވަހު ވެސް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެންނަށް ވެސް ފެނިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްސީލެއް ދެއްވުމަށް ތަކުރާރުކޮށް އެދުމުން ވެސް މަސައްކަތްތަކާއި ގުޅޭ އިތުރު ތަފްސީލެއް މުއާޒު ދެއްވާފައެއް ނުވެއެވެ.

މި މަހުގެ 10 ވަނަ ދުވަހުގެރޭ 9.30 ހާއިރު ރައީސް ޔާމީނަށް ސެނަހިޔާއިން ފަރުވާދީފައިވާއިރު، އެ މަނިކުފާނުގެ ސިއްހީހާލުކޮޅު މި ވަގުތު ކިހިނެއްތޯ ރާއްޖެ އެމްވީން ސުވާލު ކުރެއްވުމުން މުއާޒު އެ ސުވާލަށް އެ ކަށީގެންވާ ޖަވާބެއް ނުދެއްވާ ، ވިދާޅުވެފައިވަނީ "ތި އުޅެނީ ލިޔާނެ ހަބަރެއް ނެތިގެންތޯ" އެވެ. ރައީސް ޔާމީން ސެނަހިޔާއިން ފަރުވާ ހޯއްދެވީ ކޮންކަމަކަށް ކަމެއް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެނުދެއްވައެވެ.

ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމެން 10 ދުވަހަށް ވެފައިވާއިރު، އެ މަނިކުފާނުގެ މާ ބޮޑު މަސައްކަތްތަކެއް މިހާރު ފެނިގެނެއްނުދެއެވެ. މީގެ އިތުރުން އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ޕީޕީއެމްގެ މާ ބޮޑު ހަރަކާތްތަކެއް ވެސް މިހާރު ފެނިގެނެއް ނުދެއެވެ. އާރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:00 ގައި ގަލޮޅުބޯޅަ ދަނޑުގައެވެ.  

މި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވަޑައިގެންނެވުމަކީ، އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި އެ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 ނޮވެންބަރ 2018 | ބުދަ 10:22
ޒަންޖަބީލު
ރައީސް ޔާމީން ހުވާ ކުރެއްވީ 2013 ނޮވެމްބަރ 17 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި. އެހެންކަމުން އިބޫ ގެ ދައުރުފެށޭނެ އެ ވަގުތައް 5 އަހަރު ހަމަވާ ވަގުތުން ފެށިގެން. ވީމާ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ފެންނަނީ ހެނދުނު \